ޚަބަރު

ކޯވިޑް-19 އޭދަފުށީ ކްލަސްޓަރ: އިތުރު 5 މީހުން ޕޮޒިޓިވް


ބ.އޭދަފުށިން ފާއިތުވި ސައްވީސް ގަޑިރުތެރޭގައި އިތުރު 5 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓިވްވީ މީހުންގެ ޖުމުލަ ޢަދަދު 128އަށް އަރައިފިއެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ އަންގާރަދުވަހުގެރޭ މެންދަމު 12އިން ފެށިގެން ބުދަ ދުވަހުގެރޭ މެންދަމު 12 ޖެހުމާހަމައަށް އެރަށުން ޕޮޒިޓިވީ މިހާރު ބަލިޖެހި ފައިތިބި މީހުންނާ ކޮންޓެކްޓްވި މީހުންކަމަށެވެ.

އަލަށް ޕޮޒިޓިވްވި 5 މީހުންނާ ކޮންޓެކްޓްވި މީހުން ދެނެގަނެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

ބ..އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާ، ބަލި ފެތުރޭ މިންވަރު ކުޑަކުރުމަށް ގެއިން ބޭރަށް ނުނިކުތުން މުހިންމުކަމަށެވެ.