ޚަބަރު

2016 ބަޖެޓް: ސަލާމަތީ ބާރުތަކަށް 598 މިލިއަން ރުފިޔާ


ޤައުމީ ސަލާމަތާއި
ސުލްޙަ މަސްލަސްކަން ޤާއިމްކުރުމުގެ ވަސީލަތްތައް އިތުރަށް ހަރުދަނާކުރުމަށް
ފައްސަތޭކަ ނުވަދިހަ އަށް މިލިއަން ރުފިޔާ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ
ބަޖެޓުގައި ވަނީ ހިމަނާފައެވެ.

2016 ވަނަ އަހަރަށް ލަފާކުރި
ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ދެއްވަމުން މިނިސްޓަރ
އޮފް ފިނޭންސް އެންޑް ޓްރެޜަޒީ އަބްދުﷲ ޖިޙާދު ވިދާޅުވީ، ޤައުމީ ސަލާމަތާއި ސުލްޙަ
މަސަލަސްކަން ޤާއިމްކުރުމުގެ ވަސީލަތްތައް އިތުރަށް ހަރުދަނާކުރުމަށް އަންނަ އަހަރަށް
ލަފާކުރާ ބަޖެޓުގައި ފައްސަތޭކަ ނުވަދިހަ އަށް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ
ކަމަށެވެ.



ފިނޭންސް މިނިސްޓަރ
ވިދާޅުވީ، ދިވެހި ޤައުމު މިއަދު މިއޮތީ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރަންޖެހިފައިވާ
ޙާލަތެއްގައި ކަމަށާއި އެހެންކަމުން ޤައުމީ ސަލާމަތާއި ސުލްޙަ މަސަލަސްކަން
ޤާއިމްކުރުމުގެ ވަސީލަތްތައް އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށް މިނިސްޓަރ
ވިދާޅުވިއެވެ.



ސަލާމަތީ ބާރުތަކަށް
ފައްސަތޭކަ ނުވަދިހަ އަށް މިލިއަން ރުފިޔާ ހިމަނަން ބެޖެޓުގައި ކަނޑައެޅިއިރު،
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިންގަމުން އަންނަ
ހަތަނެއް ހުރި އިރު، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުން ހިނގަމުން އަންނަ އަށް
ތަނެއް އެބަހުއްޓެވެ.