ކުޅިވަރު

މައިންޒް އާއި ވާދަކުރިމެޗުން ބަލިވެ ލީގު ކާމިޔާބު ކުރަން ބަޔާންއަށް މަޑުކުރަން ޖެހިއްޖެ


ޖަރުމަނު ބުންޑަސް ލީގާގައި އެންމެފަހުގެ ޗެމްޕިއަން އަދި މިފަހަރުވެސް ލީގު ކާމިޔާބު ކުރާނެކަން ގާތްގަޑަކަށް ޔަގީން ވެފައިވާ ބަޔާން މިޔުނިކާއި މައިންޒް ބައްދަލުކުރިމެޗުން ބަލިވެ ލީގު ކާމިޔާބު ކުރަށް މިހަފްތާގައި ބަޔާންއަށް ލިބުނު ފުރުސަތު ގެއްލުވާލައިފިއެވެ. މައިންޒްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު 2 ލަނޑު އެއްލަނޑުންނެވެ.

މައިންޒްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެޓީމުން ވަނީ މެޗްގެ ފުރަތަމަ ހާފްގައި 2 ލަނޑު ޖަހާ ލީޑު ނަގާފައެވެ. މިގޮތުން އެޓީމްގެ ފުރަތަމަ ލަނޑު މެޗްގެ 3 ވަނަ މިނެޓްގައި ޖޮނަތަން ބުރްކާޑްޓް ކާމިޔާބުކޮށްދިން އިރު އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 37 ވަނަ މިނެޓްގައި ޖަހާދިނީ ރޮބިން ގުއިސަންއެވެ. މިމެޗްގައި ބަޔާންގެ ހަމައެކަނި ލަނޑު މެޗްގެ 90 ވަނަ މިނެޓްގައި ޖަހާދިނީ ރޮބަޓް ލެވަންޑޯސްކީއެވެ. ބަޔާން އަށް ލީގު ކާމިޔާބު ކުރުމަށްޓަކައި ބޭނުންވެފައިވަނީ އެއް މެޗް ކާމިޔާބު ކުރުމަށެވެ. އަދި ގިނަ ބަޔަކު ޤަބޫލް ކޮށްގެން ތިބީ ރޭގައި ބަޔޭން މިފަހަރުގެ ބުންޑަސްލީގާ ކާމިޔާބުކުރާނެ ކަމަށެވެ. ނަމަވެސް މައިންޒްއިން ވަނީ ބަޔާންގެ އުންމީދުތައް ފެނަށް ދުއްވާލާ ބަޔާންއަށް ބޮޑު ހައިރާން ކަމެއް ގެނުވާފައެވެ.

މިމެޗް ކާމިޔާބު ކުރުމުން މައިންޒް އުޅެނީ ކުޅުނު 30 މެޗުން ލިބިފައިވާ 34 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ. އަދި ބަޔާންއަށް ޖެހިފައިވަނީ ދެން އޮތް މެޗަށް އިންތިޒާރު ކުރާށެވެ.