މުނިފޫހިފިލުވުން

"ޗެހެރާ" ގެ އިންތިޒާރުގައި އަނެއްކާވެސް ތާރީހު ފަސްވެއްޖެ


މާރިޗް މަހު ދެއްކި އިމްރާން ޙާޝްމީގެ އެންމެ ފަހު ފިލްމު " މުމްބާއީ ސާގާ" އަށް ފަހު މިހާރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަނީ ކުރިޔަށް އޮތް އޭނާގެ "ޗެހެރާ" ދައްކަން ފަށާނެ ދުވަހަކަށެވެ.

މިމަހުގެ 9 ވަނަދުވަހު ސްކްރީންތަކަށް އަންނަން ތައްޔާރުވަމުންދިޔަ މި ފިލްމު މިވަނީ އަނެއްކާވެސް ފަސްކުރަން ޖެހިފައެވެ. މި ފަހަރުގެވެސް ސަބަބަކީ އިންޑިއާއަށް ކުރިމެތިވެފައިވާ ކޯވިޑްގެ ދެވަނަ ރާޅެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިހާރު ފިލްމް ރިލީޒްކުރުމަށް ތާވަލުކޮށްފައިވަނީ މިމަހުގެ 30 ވަނަދުވަހުއެވެ.

އެހެންނަމަވެސް އިމްރާން ހާޝިމީ ބުނީ އެމީހުންނަށް އަދި އޮތީ މަޑުކުރުންކަމަށެވެ. ފިލްމް ނެރޭނެ ދުވަސް ކަނޑައަޅާނީ ޕްރޮޑިއުސަރުންކަމަށްވެސް ޢެނާ ބުނެއެވެ.

މި ފިލްމުގައި އިމްރާން ހާޝިމީ ފެނިގެންދާނީ މަޝްހޫރު ސްޕަރ ސްޓަރ އަމީތާބް ބައްޗަންއާއި އެކުއެވެ. ރުމީ ޖެފްރީ ޑައިރެކްޓްކުރާ މިސްޓްރީ ތްރިލަރ އިން ދެން ފެނިގެންދާ ތަރިންގެ ތެރޭގައި އަންނޫ ކަޕޫރް، ކްރިސްޓަލް ޑީސޫޒާ، ދްރިތިމަން ޗައްތަރްޖީ، ރަގޫބިރް ހަދަވް އަދި ދިދާންތް ކަޕޫރް ހިމެނެއެވެ.

އަނަންދް ޕަންޑިތް ޕްރޮޑިއުސްކުރާ މި ފިލްމަކީ އަމީތާބާއި އިމްރާން ހާޝްމީ އެއްކޮށް ފެނިގެންދާ ފުރަތަމަ ފެނިލުމެވެ. އަދި މި ދެތަރިންގެ ކުރިމަތިލުން ތަކެއް މި ފިލްމުގައި ފެނިގެންދާނެއެވެ.

މި ފިލްމު ނިންމާލުމަށްފަހު އިމްރާން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ސަބަބަކީ ބޮލީވުޑްގެ އެންމެ ވަރުގަދަ ލެޖެންޑާއިއެކު ސްކްރީންގައި މަސައްކަތް ކޮށްލަން ލިބުންކަމަށް އިމްރާން ވަނީ ބުނެފައެވެ.