މާލެ އަތޮޅު ދިއްފުށީ ފަޅުތެރޭގައި މަރުވެފައި އޮތްވާ ފެނުނު ފަތުރުވެރިޔާގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.
ދިއްފުށީގައި މަރުވެފައި އޮތްވާ ފެނުނު މީހާއަކީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން އެ ރަށު ގެސްޓް ހައުސްއެއްގައި ކަރަންޓީންގެ މުއްދަތު ފުރިހަމަކުރަމުން ދިޔަ މީހެއްކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މަރުވެފައި އޮތްވާ ފެނުނު މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށެވެ.
ދިއްފުށީގެ ބަނދަރު ސަރަޙައްދުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 23 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. ފުލުހުންނަށް މިކަން ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 01:15 ހާއިރުއެވެ. މިކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.