ކުޅިވަރު

އޯޕަންބައިގެ ޗެންޕިއަންކަން ސަންކުއިކް ލިލީ ހޯދައިފި


ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕަންބައިގެ ޗެންޕިއަންކަން ސަންކުއިކް ލިލީ ހޯދައިފިއެވެ.
މިބައިގެ ޗެންޕިއަންކަން ސަންކުއިކް ލިލީ ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗްގައި ސުގަރކޯންއާއި ވާދަކޮށް 29 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.

މެޗުގައި ޓޮސް ދިމާވުމުން ސަންކުއިކް ލިލީ ގަސްތުކުރީ ކުޅުމަށެވެ. ސަންކުއިކް ލީލީ ކުޅެންއަރާ 8 އޯވަރު ހަމަވިއިރު އެންމެ ކުޅުންތެރިއެއް ނުބައިވެގެން އެޓީމުންވަނީ 136 ލަނޑު ހަދާފައެވެ. ސަންކުއިކް ލިލީގެ އަހުމަދު ހަސަން 35 ލަނޑު، ޔޫސުފް އަޒިޔާން ފަރުހަތު 27 އަދި ހަސަން އިބްރާހިމް 26 ލަނޑު ހަދާފައިވެއެވެ. ޖަވާބުގައި ޝުގަރ ކޯން ކުޅެންއަރާ 8 އޯވަރު ހަމަވިއިރު 6 ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދިފައިވަނީ 107 ލަނޑެވެ. ޝުގަރ ކޯންގެ މުހަންމަދު އާމިރު 38 ލަނޑު، އަލީ އިބްރާހީމް 26 ލަނޑު ހަދާފައިވެއެވެ. މިޓީމްގެ އަހުމަދު ނިސާމް ނާސިރު 20 ލަނޑަށް 4 ވިކެޓް ނަގާފައިވެއެވެ. ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސަންކުއިކް ލިލީގެ އަހުމަދު ނީޝާމްއެވެ. އަދި މުބާރާތުގެ އެންމެ ގިނަ ވިކެޓް ނަގައިފައިވަނީވެސް ނީސާމްއެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑާއި ހުރިހާގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސަންކުއިކް ލިލީގެ އަހުމަދު ހަސަންއެވެ.

ރަމަޟާން ކްރިކެޓް ކާނިވަލުގައި މާދަމާ އޮފީސް ޓޭޕް ބޯލް މުބާރާތް ފަށާނެއެވެ. އޮފީސް ޓޭޕް ބޯލް މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޔޫތް މިނިސްޓްރީއާއި މީރާގެ ޓީމެވެ. އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ މަޖިލްސް ޓީމާއި ކްލަބް އިމިގްރޭޝަންގެ ޓީމެވެ.