ޚަބަރު

ރ އަތޮޅަށް ދަތުރުކުރަމުންދިޔަ ލޯންޗެއްގައި ރޯވެއްޖެ


40 މީހުންނާއެކު މާލެއިން ފުރައިގެން ރ. އަތޮޅަށް ދަތުރުކުރަމުންދިޔަ ލޯންޗެއްގެ އިންޖީނުގައި އަލިފާންރޯވެ ހާލުގައި ޖެހުމުގެ ސަބަބުން ފުލުހުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

މިއަދު 11:30 ހާއިރު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތު މިހާތަނަށް ލިބިފައެއްނުވެއެވެ. 

މި ލޯންޗުގައި އަންހެނުންނާއި ކުޑަކުދިންވެސް ދަތުރުކުރަމުން ދިޔައެވެ.

މި ލޯންޗު ހުއްޓިފައިވަނީ ބ. ދަރަވަންދޫގެ 13 މޭލު ބޭރުން ދަތުރުކުރަމުން ދަނިކޮށްކަމަށް ފުލުހުން މައުލޫމާތުދެއެވެ.