އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ބޮސްޓަން ސެލްޓިކްސް އާއި ފީނިކްސް ސަންސް ބައްދަލުކުރިމެޗް ސެލްޓިކްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ސެލްޓިކްސް ކާމިޔާބުކުރީ 99 ޕޮއިންޓް 86 ޕޮއިންޓުންނެވެ.
ދެޓީމްގެ ފަރާޔުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސެލްޓިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 32 ޕޮއިންޓް ހޯދައިދިން ކެމްބާ ވޯކަރއެވެ. އަދި ސަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 22 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގާ 8 އެސިސްޓް ދިން ކްރިސް ޕޯލްއެވެ.
މިމުބާރާތުގައި މިލްވައުކީ ބަކްސް އާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް ބައްދަލުކުރިމެޗް 124 ޕޮއިންޓް 117 ޕޮއިންޓުން ކާމިޔާބުކުރީ ބަކްސްއެވެ. މިމެޗްގައި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުންޕޯ ވަނީ އެޓީމަށް 27 ޕޮއިންޓް ހޯދައިދީ 16 ރީބައުންޑް ނަގައިދީފައެވެ. އަދި ސިކްސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް ހޯދައިދިން ޖޮއެލް އެމްބިޑްއެވެ. މީގެއިތުރުން ޑެލަސް މެވްރިކްސް އާއި އެންމެފަހުގެ ޗެމްޕިއަން ލޮސް އެންޖަލިސް ލޭކަރސް ބައްދަލުކުރިމެޗް 115 ޕޮއިންޓް 110 ޕޮއިންޓުން ކާމިޔާބުކުރީ މެވްރިކްސްއެވެ. މިމެޗްގައި މެވްރިކްސްގެ ލޫކާ ޑޮންޗިޗްވަނީ އެޓީމަށް 30 ޕޮއިންޓް ހޯދައިދީ 9 ރީބައުންޑް ނަގާ 8 އެސިސްޓް ކޮށްފައެވެ. އަދި ލޭކަރސްގެ ޑެނިސް ޝްރޯޑަރވަނީ އެޓީމަށް 25 ޕޮއިންޓް ހޯދައިދީ 13 އެސިސްޓް ކޮށްފައެވެ.
މިމުބާރާތުގައި ކުޅުމު އެހެން މެޗްތަކަށް ބަލާލާއިރު ޝިކާގޯ ބުލްސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރިމެޗް 108 ޕޮއިންޓް 91 ޕޮއިންޓުން ބުލްސް ބާމިޔާބުކުރިއިރު ސެން އެންޓޯނިއޯ ސްޕަރސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 106 ޕޮއިންޓް 91 ޕޮއިންޓުން ކާމިޔާބުކުރީ ސްޕަރސްއެވެ. އަދި ނިއުއޯލިއަންސް ޕެލިކަންސް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރިމެޗް 135 ޕޮއިންޓ 100 ޕޮއިންޓުން ކާމިޔާބުކުރީ ޕެލިކަންސްއެވެ.