މުނިފޫހިފިލުވުން

މުޅިން އާ ސީރީޒްތަކާއި އެކު "މަނީ ހެއިސްޓް 5" ނެޓްފްލިކްސަށް

ނެޓްފްލިކްސްގެ ފުރަތަމަ ކުއާޓަރުގެ ހިސާބުތަކާއެކު އިތުރު ޝޯތަކެއް ގެނެސްދޭނެކަމުގެ ޔަޤީންކަން އެކުފުނިން ދީފިއެވެ. ހިޓް ޝޯ "މަނީ ހެއިސްޓް '5"، ގެ އިތުރުން "ދަ ވިޗަރ ސީޒަން 2" ، "ޔޫ ސީޒަން 3" އަދި "ކޮބްރާ ކައި ސީޒަން 4" މިއަހަރުގެ ދެވަނަ ހާފް ތެރޭގައި ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.

ބެލުންތެރިންގެ މެދުގައި މަގްބޫލުވި "މަނީ ހެއިސްޓް" ގެ އައު ސީޒަނަކަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ. "މަނީ ހެއިސްޓް 5" ދެއްކުމަށް ކުރިން ހަމަޖެހިފައި އޮތީ އަންނަ މެއި މަހުގެއެވެ. ނަމަވެސް ކޯވިޑްގެ ބަލިމަޑުކަމާއި ހެދި މި ސީޒަން ފެށުން މިވަނީ ލަސްކޮށްލާފައެވެ މި ސީޒަން ވެގެންދާނީ އެ ސިރީޒްގެ އެންމެފަހު ސީޒަނަށް ކަމަށްވެސް ނެޓް ފިލްކްސް އިން ބުނެއެވެ.

ނެޓް ފިލްކްސުން އޮކްޓޫބަރު އަދި ޑިސެމްބަރު ހިސާބުގައި ދެއްކުމަށް ހަމަޖެހިފައިވާ ސީރީޒްތަކަށް ބަލާލާއިރު "ދަ ވިޗަރ ސީޒަން 2"، "ޔޫ ސީޒަން 3"، "ސެކްސް އެޑިޔުކޭޝަން ސީޒަން 3"، "ލޮސްޓް އިން ސްޕޭސް ސީޒަން 3"، "ކޯބްރާ ކައި ސީޒަން 4" މި ލިސްޓުގައި އެބައޮތެވެ.

ނެޓްފްލިކްސުން ދައްކާ އިނގިރޭސި ނޫން ސީރީސްތައް ތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ބަޔަކު ބެލި ސީރީޒަށް "މަނީ ހެއިސްޓް" ވަނީ ވެފައެވެ. އަދި އެ ސީރީޒްގެ 4 ވަނަ ސީޒަން ވަނީ އޭގެ ކުރިން އެ ސީރީސްގެ ހޯދާފައިވާ ރެކޯޑްތައްވެސް މުގުރާލާފައެވެ.

"މަނީ ހެއިސްޓް" ގެ 4 ވަނަ ސީޒަން ބެލި މީހުންގެ އަދަދު 65 މިލިއަނަށް ވުރެ މައްޗަށް އަރައެވެ. ނެޓްފްލިކްސުން ވަނީ 2020 ވަނަ އަހަރުގެ އޭޕްރީލް 3 ގައި "މަނީހެއިސްޓް: ދަ ފެނޮމެނަމް" ނަމަކަށް ކިޔާ ޑޮކިއުމެންޓަރީވެސް ނެރެފަ އެވެ.

މަނީ ހެއިސްޓްގެ ފުރަތަމަ ސީޒަން ރިލީޒްކޮށްފައި ވަނީ 2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ބެލުންތެރިންގެ ސަމާލުކަން ލިބިގެންދިޔަ މި ސިރީޒަށް މިހާތަނަށް ގިނަ އެވޯޑުތަކެއް ވެސް ވަނީ ލިބިފައެވެ. އެގޮތުން އެމީ ގެ ބެސްޓް ޑްރާމާ ސީރީސް 2018 އެވޯޑް ހިމެނެއެވެ.