ޚަބަރު

ކޯވިޑް-19 : އިތުރު 164 މީހުން ޕޮޒިޓިވްވެ، ރާއްޖެއިން ކޯވިޑްޖެހުނު މީހުންގެ އަދަދު 27000އިން މައްޗަށް


ރާއްޖެއިން އިތުރު 164 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު 27000 އިން މައްޗަށް އަރައިފިއެވެ.

އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން 164 މީހަކު ވަނީ ކޯވިޑް-19 ޕޮޒިޓިވްވެފައެވެ. އޭގެތެެރެއިން މީހުން ދިރިއުޅޭ ރަށްރަށުން 68 މީހުން ޕޮޒިޓިވްވެފައިވާއިރު، މާލެ ސަރަޙައްދުން 67 މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި ރިސޯޓުތަކުން 24 މީހަކާއި، ހަދަމުންދާ ރިސޯޓަކުން 3 މީހެއްގެ އިތުރުން ސިނާޢީ ރަށްރަށުން 2 މީހަކު ވަނީ ޕޮޒިޓިވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 27،084 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 130 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 24،065 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 2939 މީހުންނެވެ. އަދި 90 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3000 ސާމްޕަލެއް ވަނީ ނަގާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 71 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 63 ދިވެހިންނާއި 8 ބިދޭސީންނެވެ.