ޚަބަރު

ކޯވިޑް ކޭސްތަކެއް ފެނިގެން ހަނިމާދޫ މޮނިޓަރިންއަށް!


އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ދެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

ހަނިމާދޫ ހެލްތު ސެންޓަރާއި ހަވާލުވެ ހުންނެވި ޒުބެއިދާ އިބްރާހީމް ވިދާޅުވީ އެރަށުން ޕޮޒިޓިވްވެފައިވަނީ އަންހެނަކާއި، ކުޑަކުއްޖެއްކަމަށެވެ. އެމީހުން އއ. މަތިވެރިން، ހދ. ހަނިމާދޫއަށް އައީ މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހުކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެމީހުން މިހާރު ތިބީ ކަރަންޓީން ކުރެވިފައިކަމަށާއި އަދި ޕޮޒިޓިވްވީ މީހުންގެ ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި 20 މީހަކު ފާހަގަކުރެވިފައިވާކަމަށްވެސް ހަނިމާދޫ ހެލްތު ސެންޓަރުން ބުނެއެވެ.

މަތިވެރިން ހަނިމާދޫއަށް ދަތުރުކުރި އަންހެނަކާއި ކުޑަކުއްޖަކު ކޯވިޑަށް ޕޮޒިޓިވްވިއިރު، މަތިވެރިން ކޯވިޑް ކޭސްތަކެއް ފެނިގެން މިމަހުގެ 21 ވަނަ ދުވަހު ވަނީ މޮނިޓަރިންގއަށް ލާފައެވެ.