ޚަބަރު

އަންނަ އަހަރަށް 27.457 ބިލިއަން ރުފިޔާގެ ބަޖެޓެއް!


އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ
ހަތާވީސް ޕޮއިންޓް ހަތަރެއް ފަހެއް ހަތެއް ބިލިއަން ރުފިޔާކަމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ. 



ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަޖެޓް ޖުމްލަ ހާމަކުރައްވާފައިވާއިރު، މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު ދައުލަތުގެ ބަޖެޓް ހުށަހަޅުއްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާާޅުވީ މިއަދު ބޭއްވި
ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓާއި ބެހޭގޮތުން
މަޝްވަރާކުރައްވާފައިވާކަމަށެވެ. 



އަންނަ އަހަރަށް 27.457 ބިލިއަން ރުފިޔާގެ ބަޖެޓެއް
ލަފާކުރައްވާއިރު، މިއަހަރަށް ފާސްކޮށްފައިވަނީ ސައުވީސް ޕޮއިންޓް ތިނެއް ބިލިއަން
ރުފިޔާއެވެ. 



އަންނަ
އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މާދަމާ  މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާއިރު، ބަޖެޓަށް ބަހުސްކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ
ސޯޅަވަނަދުވަހުއެވެ.  އަދި ބަޖެޓް ފާސްކުރުމަށް ވޯޓަށް އަހާނީ މިމަހުގެ ސައްބީސްވާ
ބުރާސްފަތިދުވަހުކަމަށް މަޖިލީހުގެ ރައީސް ވަނީ ނިންމަވާފައެވެ.