ވިޔަފާރި

އެކްސްޕޯ 2015ގައި ހުރިހާ ވައްތަރެއްގެ އުފެއްދުންތައް


ކުރިން ބާއްވަމުން
އަންނަ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުތަކާއި މިފަހަރު ބާއްވާ އެކްސްޕޯ
ދެހާސްފަނަރައާ އޮންނާނެ އެންމެބޮޑު ތަފާތަކީ މިމައުރަޒުގައި ދިވެހިކޮންމެ
ވައްތަރެއްގެ އުފެއްދުމެއްވެސް ބައިވެރިކުރެވޭނެތީކަމަށް މައުރަޒު އިންތިޒާމްކުރާ
ފަރާތުން ބުނެފިއެވެ.



ރާއްޖޭގެ
މަސައްކަތްތެރިންގެ މައުރަޒު މިހާތަނަށް ބައްތިރީސްފަހަރު ބާއްވާފައިވާއިރު
މިފަހަރު ބައްވާ އެކްސްޕޯ 2015 އަކީ މިފަދަ ތެއްތިރީސްވަނަ މައުރަޒެވެ. މީގެ
ކުރިން ބާއްވާފައިވާ މައުރަޒުތަކުގައި މައިގަނޑުގޮތެއްގައި ފެނިގެންގޮސްފައިވަނީ
ވަޑާމުގެ މަސައްކަތްތަކާ،ލިޔެލާޖެހުންފަދަ އަތްތެރިކަމުގެ މަސައްކަތްތަކާއި،ފަށުވިން
މާޖެހުންފަދަ މަސައްކަތްތައް ނަމަވެސް މިފަހަރުގެ މައުރަޒުން ދިވެހި
ކޮންމެބާވަތެއްގެ އުފެއްދުމަކަށްވެސް ޖާގަލިބޭނެކަމަށް މައުރަޒު އިންތިޒާމްކުރާ
ފަރާތުން މައުލޫމާތުދެއެވެ. 

އެކްސްޕޯރ ދެހާސް ފަނަރައިގެ ޗެއާމަން އަދި އިކޮނޮމިކް
ޑިވޮލޮޕްމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބުދުﷲ މުހައްމަދު ވިދާޅުވީ މި
މައުރަޒުގެ އެންމެބޮޑު ބޭނުމަކީ މައުރަޒުގައި އުފެއްދުންތައް ބައިވެރިކުރާ ކޮންމެ
ފަރާތަކީ ވިޔަފާރިވެރިޔަކަށް ވުމުގެ ފުރުޞަތު ފަހިކޮށްދިނުންކަމަށެވެ.



އެކްސްޕޯ ދެހާސް
ފަނަރައިގެ ލޯގޯއާ ލަވަ އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު
ދައްކަވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓް މުހައްމަދު ސައީދު
ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން މިހާވަރަށް ކުރިއަރާފައިވާއިރު މިހާރު
މަދުވާބަޔަކީ ފަތުރުވެރިން އެނބުރި ޤައުމަށްދާއިރު ސުވެނިޔާގެ ގޮތުގައި ގެންދާނެ
ދިވެހި އުފެއްދުންތައް ނެތުންކަމަށެވެ. ނަމަވެސް މިކަމަށްވެސް މިހާރުގެ ސަރުކާރުން
މަގުފަހިކޮށްދެއްވާފައިވާކަމަށް މިނިސްޓަރ ސައީދު ފާހަގަކުރެއްވިއެވެ.



ރާއްޖޭގެ ސޮޕްޓްވެއާ
އުފެއްދުންތަކާ، ކާނާއުފައްދާ ފަރާތްތަކުގެ އުފެއްދުންތަކާ އަދި އަތްތެރި މަސައްކަތްތައްކުރައްވާ
ފަރާތްތަކުގެ އުފެއްދުންތަކާ އަދި މިނޫންވެސް ދިވެހި އެތައް އުފެއްދުމެއް ފެނިގެންދާނެ
މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ ބާވީހުން އަށާވީހަށް
ދަރުބާރުގޭގައެވެ.