އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް އަދުނާންގެ މަންމާފުޅު، މ.ގުލްފާމްގޭ ނަސީމާ އިބްރާހީމް އަވަހާރަވެއްޖެއެވެ.
ނަސީމާ އިބްރާހީމް އަވަހާރަވީ ރޭގެ ވަގުތެއްގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ81 އަހަރެވެ. ނަސީމާއަކީ ބަންޑާރަ ނާއިބުކަމާއި އެޑިއުކޭޝަންް މިނިސްޓަރުކަން ކުރެއްވި އަދުނާން ޙުސައިންގެ އަނބިކަނބަލުންނެވެ. ނަސީމާގެ ދަރިކަލުން އަދި ކުރީގެ ޖަސްޓިސް މިނިސްޓަރ މުޢިއްޒު އަދުނާން ވިދާޅުވީ މަންމާފުޅު އަވަހާރަވީ ރޭ 10:30 ހާއިރު މާލޭގައިކަމަށެވެ.
ނަސީމާ އަވަހާރަވީ ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާއި އުޅުއްވުމަށްފަހުއެވެ. ނަސީމާގެ 5 ބޭފުޅުން ދުނިޔޭގައި އެބަތިއްބެވެ.