ރައީސުލްޖުމުހޫރިއްޔާ
ދެއްވާ ހިތްވަރުދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅަކަށް މިއަހަރު
ލިބިވަޑައިގެންފިއެވެ. ޖުމުހުރީދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި
ބޭއްވެވި ރަސްމީ ޖަލްސާގައި ހިތްވަރުދިނުމުގެ އިނާމާއި ހަނދާނީ ފިލާ މި  ބޭފުޅުންނަށް ދެއްވީ ރައީސުލްޖުމުހޫރިއްޔާ ޢަބުދުﷲ ޔާމީން
ޢަބުދުލްޤައްޔޫމްއެވެ.
 
ހިތްވަރުދިނުމުގެ
ޤައުމީ އިނާމް ލިބިވަޑައިގެންނެވި 19 ބޭފުޅުންނަކީ،
 
 ގުރުއާން ކިޔަވައިދިނުމުގެ ދާއިރާއިން،  އަލްޤާރީ
އިބްރާހީމް ޝިފާޢު
 
ޝިފާޢު އަކީ
އިސްލާމީ ޝަރީޢާއިން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ. ޤުރުއާން ކިޔެވުމާއި
އުނަގަންނައި ދެއްވުމުގައި އުޅުއްވާތާ މިހާރު އެކާވީސް އަހަރުވެފައިވެއެވެ.
އަލްޤާރީ ޝިފާޢު މިހާރު އެންމެ ފާހަގަކުރެވެނީ އެކި އެކި  ޤުރުއާން މުބާރާތްތަކުގައި ފަނޑިޔާރުކަންކުރެއްވުމުންނެވެ.
 
 ވާހަކަ ލިޔުމުގެ ރޮނގުން،  ހިއްވަރުދިނުމުގެ
އިނާމު ލިބިވަޑައިގަތީ ޔަޝްފާ އަބްދުލްޣަނީ. 
 
ޔަޝްފާ
ޢަބުދުލްޣަނީ އަކީ ބަހުސް ކުރުމާއި ވާހަކަ ލިޔުމަށް ވަރަށް
ޝައުޤުވެރިވަޑައިގަންނަވާ ބޭފުޅެއް. ޔަޝްފާ ދިގުވާހަކަ ލިޔުއްވަން ފެއްޓެވީ 2006
ވަނަ އަހަރު އެވެ.
 
 އިންސާނީ ޚިދުމަތް ތަރައްޤީކުރުމުގެ ދާއިރާއިން އާކް ގެ ކޯ ފައުންޑަރ
އާމިނަތު ޒެނީޝާ ޒަކީ. 
 
ކުޑަކުދިންގެ
ޙައްޤުތައް ޙިމާޔަތް ކުރައްވައި ރައްކާތެރިކުރެއްވުމުގެ މަސައްކަތް ޒެނީޝާ
ފެއްޓެވީ 2008 ވަނަ އަހަރުއެވެ. 2008 ވަނަ އަހަރުން ފެށިގެން ފޮރިންގ
މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ އިތުރުން
އަމިއްލަފުޅަށް އުފެއްދި ޖަމްޢިއްޔާ " އެޑްވޮކޭޓިން ދަ ރައިޓްސް އޮފް
ޗިލްޑްރެން ' އުފައްދަވައި ކުޑަކުދިންގެ ޙައްޤުގައި މަސައްކަތްކުރައްވަމުން
ގެންދަވައެވެ.
 
 ކެއްކުމުގެ
ދާއިރާއިން ހިއްވަރުދިނުމުގެ އިނާމް އަބްދުﷲ ޞަބާޙު. 
 
ޞަބާޙް
ފަތުރުވެރިކަމުގެ ދާއިރާއިން ކެއްކުމުގެ ހުނަރުވެރިކަން ކުރިއެރުވުމުގެ ރޮނގުން
މަސައްކަތް ކުރައްވާތާ މިހާރު ވަނީ ފަންސަވީސް އަހަރު ވެފައެވެ. ޞަބާޙަކީ
ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޝެފެކެވެ.
 
 ޒުވާނުން ބިނާކުރުމާއި
ޖަމާޢަތަށް ފައިދާހުރި މަސައްކަތް ކުރުމުގެ ރޮނގުން: ޑރ. ޢަލީ ޝަމީމް. 
 
ޢަލީ ޝަމީމަކީ ،
މެނޭޖްމަންޓާއި ޕޮލިޓިކްސްގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރައްވައި
އިންޓަނޭޝަނަލް އެންވަޔަރމަންޓް އެންޑް ޑިވެލޮޕްމަންޓް ރިލޭޝަންސްގެ ދާއިރާއިން
ޑޮކްޓަރ އޮފް ފިލޯސަފީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޑޮކްޓަރ ޢަލީ ޝަމީމް
ޖަމާޢަތަށް ފައިދާހުރި މަސައްކަތް ކުރައްވަން ފައްޓަވާފައިވަނީ 1983 ވަނަ އަހަރުން
ފެށިގެންނެވެ.
 
ނުކުޅެދުންތެރިކަން
ހުންނަ ކުދިންނަށް ޚިދުމަތް ކުރުމުގެ ރޮނގުން: މަރިޔަމް ފަޒްނީ. 
 
ޖަމާލުއްދީން
ސްކޫލްގެ އަޑުއިވުމުން މަޙްރޫމްވެފައިވާ ދަރިވަރުންގެ ކްލާސް ކަމަށްވާ "
ކްލާސް ފޮރ ހިޔަރިންގް އިމްޕަޔަރޑް ޗިލްޑްރަން" ކްލާހުގައި
ކިޔަވައިދެއްވަމުން ގެންދަވައެވެ. އަދި އަޑުއިވުމުން މަޙުރޫމްވެފައިވާ ކުދިންގެ
ޙައްޤުގައި ، ރާއްޖޭގެ ގިނަ ދާއިރާތަކެއްގައި ދާއިރާއެއްގައި މަސައްކަތް
ކުރައްވަމުން ގެންދަވައެވެ.
 
 ވިޔަފާރިއާއި އިޤްތިޞާދުގެ ރޮނގުން ޢައްބާސް މުޙަންމަދު، ކޯލޯޑް މޯލްޑިވްސް/ ކަލަ ބޭންކް. 
 
ވިޔަފާރި ފުޅާކޮށް ތަރައްޤީކުރުމުގެ މަސައްކަތް ފަށްޓަވާފައިވަނީ 1986 ވަނަ އަހަރު އެވެ.  
 
ވިޔަފާރި އާއި
އިޤްތިޞާދުގެ ރޮނގުން މުޙަންމަދު އިބްރާހީމް (ކުޑޫ) . 
 
ދިވެހިރާއްޖޭގައި
ބޭރުގެ ފަރާތްތަކުން ނަގަން ބޭނުންވާ ފިލްމާއި އިޝްތިހާރު ފަދަ ކޮންޓެންޓް
ތައްޔާރުކޮށްދިނުމުގެ މަސައްކަތްތަކުގައި ނުވަތަ ޕްރޮޑަކްޝަން ކޯޑިނޭޝަން
މަސައްކަތުގައި އެހީތެރިކަން ދެއްވަން ފަށްޓަވައިފައިވަނީ 2006 ވަނަ އަހަރު އެވެ.
 
 އެއްގަމު ދަތުރުފަތުރު ތަރައްޤީ
ކުރުން: އިލްޔާސް މުޙަންމަދު (ގައިޑެންސް)
 
އިލްޔާސަކީ
އަމިއްލައަށް އިސްނަންގަވައިގެން ޢާންމު ފަރާތްތަކަށް އެއްގަމު އުޅަނދުފަހަރު
ދުއްވަން ދަސްކޮށްދެއްވައި ، ލައިސަންސް ނަގައި ދިނުމުގައި
ޙަރަކާތެރިވެވަޑައިގަންނަވަމުން ގެންދަވަނީ 1992 ވަނަ އަހަރުން ފެށިގެންނެވެ.
 
ޚަބަރާއި
މަޢުލޫމާތު ފެތުރުމުގެ ރޮގުން: މަރިޔަމް ވަޙީދާ، 
 
މަޢުލޫމާތު
ފެތުރުމާއި ހުށަހެޅުމުގެ ހުނަރުވެރިކަން ކުރިއެރުވުމުގެ ރޮނގުން ރާއްޖެއާއި
ރާއްޖެއިން ބޭރުގެ އެކި އެކި ޕްރޮގްރާމް ހުށަހެޅުއްވުމާއި، ރާއްޖޭގައި މީހުން
ތަމްރީންކުރުމުގެ ދާއިރާގައި މަރިޔަމް ވަޙީދާ މަސައްކަތް ކުރައްވާތާ 18
އަހަރަށްވުރެ ގިނަދުވަސް ވަނީ ވެފައެވެ.
 
ޚަބަރާއި
މަޢުލޫމާތު ފެތުރުން:   ބްރޯޑްކާސްޓިން ދާއިރާއިން،  ސިނާން ޢަލީ (ސަން)  
 
ސިނާނަކީ މިވަގުތު ސަން މިޑިއާ ގުރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމްގައި މިހާރު ހުންނެވި ސިނާން
ނޫސްވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާތާ މިހާރު ވަނީ 15 އަހަރު ވެފައެވެ.
 
 ޚަބަރާއި މަޢުލޫމާތު ފެތުރުން: ނޫސްވެރިކަން،  އަޙުމަދު ޙަމްދޫން (ހަވީރު) 
 
ނޫސްވެރިކަމުގެ
ދާއިރާގައި ޙަރަކާތެރިވެވަޑައިގަންނަވާތާ 17 އަހަރުވެއްޖެއެވެ. ޙަމްދޫން
މަސައްކަތް ކުރައްވަނީ ހަވީރު ނޫހުގައެވެ. މިހާރު ޙަމްދޫނަކީ ހަވީރު ނޫހުންގެ
އެންމެ އިސް މުވައްޒަފުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުވައްޒަފެކެވެ.
 
ކުރެހުމުގެ
ދާއިރާއިން: ހުސެއިން އަލިމަނިކު، 
 
ސްކޫލްދައުރުން
ފަށައިގެން ކުރެހުމުގެ ދާއިރާގައި ޙަރަކާތެރިވާ ހުސައިން އަށް ވަނީ 2001 ވަނަ
އަހަރު ޒުވާނުންގެ ޤައުމީ އިނާމް ވެސް ލިބިފައެވެ.
 
ކޮމްޕިއުޓަރު
އެނިމޭޝަން: ޔާމީން ރަޝީދު (މާކަނާ ޝޯ) 
 
ސްކޫލް
ނިންމެވުމަށްފަހު 1999 ވަނަ އަހަރު ޓީވީ އެމް ގެ ވަޒީފާއަށް ނިކުންނެވި
ބޭފުޅެކެވެ. ރާއްޖޭގައި އެންމެ ފުރަތަމަ އުފައްދާ ޓެލެކާސްޓް ކުރެވުނު އެނިމޭޓެޑް
ކާޓޫން " އަބޫގެ " ތައްޔާރުކުރެއްވީ ޔާމީން އެވެ. ޔާމީންގެ އެންމެ
މަޤްބޫލް އަދި އެންމެ މަޝްހޫރު އުފެއްދުމަކީ "މާކަނާ ޝޯ" އެވެ.
 
ލިޔުމާއި
ފަރުމާކުރުން: މުޙަންމަދު ރިޟުވާން (ތަބައްގެ)
 
 ތާނަ އާއި
އަރަބި އަދި ލެޓިން އަކުރު ބޮޑުއަކުރުކުރެއްވުމާއި ލިޔުއްވުމާއި
ފަރުމާކުރެއްވުމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ޤައުމީ ފެންވަރުގައި
ކުރައްވަމުންގެންދަވާ ބޭފުޅެކެވެ. 2003 ވަނަ އަހަރު ލިޔުމާއި ފަރުމާކުރުމުގެ
ދާއިރާއިން ރިޟްވާން ވަނީ ޒުވާނުންގެ ޤައުމީ އިނާމްވެސް ޙާޟިލްކުރައްވައިފައެވެ.  
 
ދަރުމައަށް
މަސައްކަތް ކުރުން: އިބްރާހީމް ރަޝީދު  
 
 ދަރުމައަށް
މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން އިބްރާހީމް ރަޝިދުގެ ހިތްޕުޅުގައި އުފެދުނީ
ސްކޫލްގައި ކިޔަވާވިދާޅުވާން އުޅުއްވި ދުވަސްވަރު އެވެ. ސްކޫލް ނިންމެވުމަށްފަހު
ފަހު ދިވެހި ރެޑްކްރެސެންޓާ ގުޅިވަޑައިގެންފައިވަނީ 2012 ވަނަ އަހަރު އެވެ.
 
މީގެ އިތުރުން ތިން ބޭފުޅަކަށް ކުޅިވަރުގެ ދާއިރާއިންވެސް ވަނީ
ހިތްވަރުދިނުމުގެ ޤައުމީ އިނާމް ލިބިވަޑައިގެންފައެވެ. އެ ތިން ބޭފުޅުންނަކީ ،
ފަރުހަތު ޖަލީލް، އާމިރު މަންސޫރު އަދި އަހްމަދު ޝަކީބު އެވެ.