ޚަބަރު

އެމް.އެން.ޑީ.އެފްގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭއެއް ބާއްވަނީ


ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމް.އެން.ޑީ.އެފްގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭއެއް މާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.މިމިއުޒިކަލް ޑްރިލް ޑިސްޕްލޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ޝަހީދުންގެ ބިނާ ކުރިމަތީގައިއެވެ. އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޑްރިލް ޑިސްޕްލޭގެ ހުށަހެޅުންތައް މިއަދު ހަވީރު ހަތަރުގަޑި ތިރީހާއި ފަސްގަޑި ފަނަރައިގެ އިތުރުން ރޭގަނޑު އަށްގަޑި ތިހީހުގައި ކުރިއަށް ދާނެކަމަށް އެމް.އެން.ޑީ.އެފުން މަޢުލޫމާތުދެއެވެ. މިއަދު ފާހަގަކުރަމުން ދަނީ ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ޤާއިމްވިތާ 47 އަހަރު ފުރޭ މުނާސަބާއެވެ.