ޚަބަރު

ނ.ލަންދޫއާއި ރ.ރަސްމާދޫ ފަޅު ފުންކުުރުމުގެ މަޝްރޫޢު ފަށައިފި


ނ.ލަންދޫއާއި ރ.ރަސްމާދޫ ފަޅު
ފުންކުރުމުގެ މަޝްރޫޢު މިއަދު ފަށައިފި އެވެ.



ހައުސިންގ މިނިސްޓްރީގެ ދަށުން
ހިނގަމުން އަންނަ ޕަބްލިކް ވޯރކްސް ސަރވިސް އާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގައި،
ލަންދޫގެ ބަނދަރުގެ ނެރުމަތިން 150 ފޫޓު ސަރަޙައްދެެއް ފުންކުރުމަށް
ހަމަޖެހިފައިވެ އެވެ.

ޕަބްލިކް ސަރވިސް މީޑިޔާއަށް މައުލޫމާތު ދެއްވަމުން ޕަބްލިކް
ވޯރކްސް ސަރވިސްގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު އަފީފް ވިދާޅުވީ، ލަންދޫ ފަޅު ފުންކުރުމުގެ
މަޝްރޫޢު ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. 

ލަންދޫގައި ޤާއިމްކޮށްފައިވަނީ 300 ފޫޓް ދިގު 200 ފުޅާ ބަނދަރެކެވެ. 

މީގެ
އިތުރުން ރ.ރަސްމާދޫގައިވެސް ފަޅު ފުންކުރުމުގެ މަޝްރޫޢު ޕަބްލިކް ވޯރކްސްއިން ވަނީ
ފަށާފައިވެ އެވެ.

މި ދެ މަޝްރޫޢަކީވެސް ސަރުކާރުގެބެޖެޓުން ޚަރަދުކޮށްގެން ކުރިއަށް
ގެންދާ މަޝްރޫޢު ކަމަށް ޕަބްލިކް ވޯރކްސް ސަރވިސް އިން މައުލޫމާތު ދެއްވާފައިވެ އެވެ.