ކުޅިވަރު

އަންނަ ސީޒަންގައި ޗެލްސީ ސިޓީއާއި އެއްހަމައެއްގައި ފައިތިލަ ސާބިތު ކުރާނެ: ޓުޗެލް


މިއަންނަ ސީޒަންގައި ޗެލްސީިއިން އިންގްލިޝް ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލްގެ އެއްވަނައިގާ އުޅޭ މެންޗެސްޓަރ ސިޓީ އާއި އެއް ހަމައެއްގައި ފައިތިލަ ސާބިތު ކުރާނެކަމުގެ ޔަގީންކަން ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ދީފިއެވެ. ޓުޗެލް މި ޔަޤީކަން ދިފައިމިވަނީ މިރޭ ކުޅުމަށް ހަމަޖެހިފައިވާ އިނގިރޭސި އެފް އޭ ކަޕްގެ ސެމީފައިނަލް މެޗްގައި މިދެޓީމް ބައްދަލުކުރުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

ޓުޗެލް ހާމަކުރިގޮތުގައި ސިޓީއަކީ މިހާރު ޔޫރަޕްގައި ބެންޗްމާކަކަށް ބަލާ ދެޓީމްގެ ތެރެއިން އެއް ޓީމް ކަމަށާއި ނަމަވެސް މިއަންނަ ސީޒަންގައި ޗެލްސީއިން ސިޓީ ބަލިކުރަން ނިކުމެ ސިޓީ ބަލިކުރާނެ ކުރާނެކަމަަށް އޭނާ ބުންޏެވެ. މިރޭ ގެ މެޗަށް ނިކުންނައިރު ޓުޗެލް އަށް އަދި ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާގެ މައްޗަށް ކުރިހޯދިފައެއް ނުވެއެވެ. މިހާތަނަށް ފަސް ފަހަރު ވާދަކޮށްފައިވާއިރު ތިން ފަހަރު ގާޑިއޯލާގެ ޓީމް މޮޅުވެފައިވާއިރު އަނެއް ދެފަހަރު ނިމުނީ އެއްވަރު ވެގެންނެވެ. ސިޓީ އިން މިސީޒަންގައި ޕްރިމިއަރ ލީގުގައި އުޅެނީ ފަސްވަނައިގާ އުޅޭ ޗެލްސީއަށްވުރެ 20 ޕޮއިންޓް ކުރީގައެވެ.
ޓުޗެލް ހާމަކުރިގޮތުގައި ސިޓީ އާއި ޗެލްސީއާއި ދެމެދު މިވަގުތު ފަރަގު ހުރިކަން ޤަބޫލް ކުރަން ޖެހޭކަމަށާއި މިއަންނަ ސީޒަންގެ ފުރަތަމަ މެޗުން ފެށިގެން މިފަރަގު ދުއްވާލުމަށް އޭނާ މަސައްކަތް ކުރާނެކަމަށެވެ. އަދި މިވަގުތު ފަރަގު ހުރިކަމުގައިވީ ނަމަވެސް މިރޭގެ 90 މިނެޓަށް ބަލާއިރު މިފަރަގު ދުއްވާލެވޭނެ ކަމަށް ޤަބޫލް ކުރާކަމަށްވެސް ޓުކެލް ހާމަކުރިއެވެ.

މިރޭގެ މެޗަށް ނިކުންނައިރު ޗެލްސީގެ މަޓިއޯ ކޮވަސިޗްއަށް ވަނީ އަނިޔާވެފައެވެ. އަދި އަންޑްރެއާސް ކްރިސްޓެންސެންވެސް ހުރީ އަނިޔާގައެވެ. ޗެލްސީއަށް އަނިޔާގެ އިތުރު މައްސަލައެއް ނެތް އިރު ސިޓީގެ ތަޖްރިބާކާރު ފޯވަޑް ސަރޖިއޯ އަގުއެރޯ މިރޭވެސް ނުފެންނާނެކަން ވަނީ ޔަގީންވެފައެވެ. އޭގެ އިތުރުން ސިޓީގެ އެހެން ހުރިހާ ކުޅުންތެރިންވެސް ތިބީ ފިޓްކޮށެވެ. މިރޭގެ މެޗަށް ކުރިމަތިލާއިރު ޗެލްސީ އާއި ސިޓީވެސް އޮތީ ވަރަށް ފޯމްގައެވެ. މިގޮތުން މިދެޓީމްވެސް ވަނީ މިނިމުނު ހަފްތާގައި ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ޖާގަހޯދާފައެވެ. އަދި ދިމާވާގޮތުން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިދެޓީމްގެ ކުތިމަތިލުމަކަށް ދިއުމަކީވެސް ވުން ގާތް ކަމެކެވެ. ސިޓީއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ މެދުތެރެއިން ފެށިގެން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު ޗެލްސީގެ ކޯޗް ކަމާއި ޓުޗެލް ހަވާލުވިފަހުން އެޓީމުންވެސް އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

މިރޭގެ މެޗަކީ ފަހަކަށް އައިސް ފެނިގެންދާނެ އެންމެ ފޯރިގަދަ އެއް މެޗަށް ވެެގެން ދިއުމަކީ ވަރަށް ގާތް ކަމެއް ކަމުގައި ދެކޭ ފަރާތްތައްވެސް މަދެއް ނޫނެވެ. މިރޭގެ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން ނުވަގަޑި ތިރީހުގައެވެ.