ކުޅިވަރު

ހޮންކޮންގ މެޗަށް ގަލޮޅު ދަނޑުގެ ސެކިއުރިޓީ ވަރުގަދަކޮށްފި




    ހޮންކޮންގ މެޗަށް ގަލޮޅު ދަނޑުގެ ސެކިއުރިޓީ
ވަރުގަދަކޮށްފިއެވެ. ބުރާސްފަތި ދުވަހު ހަވީރު 15:50ގައި ފަށާ ވަރލްޑްކަޕް
ކޮލިފައިންގައި ދިވެހިރާއްޖެއަ ހޮންކޮންގ ވާދަކުރާ މެޗަށް ދިވެހި ސިފައިންނާ
ފުލުހުން ވަނީ ދަނޑުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން އެދުވަހުގެ
މެންދުރު 14:00 އިން ފެށިގެން ދަނޑުގެ ގޭޓްތައް ހުޅުވާއިރު 15:30ގައި ގޭޓްތައް ލައްޕާ ގޮތައް ވަނީ ހަމަޖައްސާފައެވެ.

ދަނޑަށް ސަޕޯޓަރުން ވަންނައިރު އެމްއެންޑީއެފްއާ
ފުލުހުން ދަނޑަށް ވަންނަ މީހުން ޗެކްކުރަމުންދާނެ ކަމަށްވެސް އެފްއޭއެމްއިން
މަޢުލޫމާތުދެއެވެ. މީގެ އިތުރުން ހާފް ޓައިމްގައި ދަނޑުން ބޭރަށް ނިކުންނަ މީހުން
އަލުން ދަނޑަށް ވައްދާނީވެސް ޗެކް ކުރުމަށް ފަހުގައި ކަމަށް އެފްއޭއެމްއިން
މަޢުލޫމާތުދެއެވެ.

ހާފް ޓައިމްގައި ދަނޑުން ބޭރަށް މީހުން ނުކުތުން މަދުކުރުމަށް
ދަނޑުގައި ކެންޓީނެއްގެ ޙިދުމަތް ދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް
އެފްއޭއެމްއިން މަޢުލޫމާތުދެއެވެ.

މިފިޔަވަޅުތައް މިއެޅީ ރާއްޖޭގައި ކުއްލި
ނުރައްކަލުގެ ހާލަތު އިޢުލާންކުރުމާއި ގުޅިގެން މިމެޗް ރާއްޖޭގައި ކުޅުމަށް
ފީފާއިން ބޭނުންވާ ވަރަށް ސަލާމަތީ ގޮތުން ރައްކާތެރި މާހައުލެއް ހޯދުމަށް އެފްއޭއެމްއިން
ދިވެހި ފުލުހުންނާ ސިފައިންނާއެކު މަޝްވަރާކުރުމަށްފަހުއެވެ.