ޚަބަރު

ޖުމްހޫރީދުވަހުގެ ރަސްމީ ޖަލްސާ މިރޭ އޮންނާނެ


މިއަހަރުގެ ޖުމްހޫރީ ދުވަހުގެ
މުނާސަބަތުގައި ސަރުކާރުން ބާއްވާ ރަސްމީ ޖަލްސާ މިރޭ ދަރުބާރުގޭގައި އޮންނާނެއެވެ. 



މިޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ
ޔާމީން އަބްދުލްޤައްޔޫމް ޤައުމާއި މުހާތަބްކުރަށްވާ ވާހަކަފުޅުދައްކާވާނެއެވެ. 



ޖުމްހޫރީދުވަހުގެ މުނާސަބަތުގައި މިރޭ
ބާއްވާ ރަސްމީ ޖަލްސާގައި ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު
ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި ޝަރަފުގެ މެޑެލް އެރުވުން
އޮންނާނެއެވެ. އަދި މީގެއިތުރުން ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް
ޤައުމީ އިނާމު ދެއްވުމާއި އަދި މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ
ދެއްވާ މެޑެއްޔާއި ހަނދާނީ ލިޔުންދެއްވުންވެސް އޮންނާނެއެވެ. 



މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ
އިނާމް 3 ބޭފުޅަކަށް ލިބިވަޑައިގަންނަވާއިރު، ހިތްވަރުދިނުމުގެ ޤައުމީ އިނާމު 19
ބޭފުޅަކަށް ދެއްވުމަށް ވަނީ ނިންމަވާފައެވެ. 



މީގެ އިތުރުން މިރޭގެ ޖަލްސާގައި މަތީ
ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު 15
ބޭފުޅަކަށް ލިބިވަޑައިގެންނަވާނެއެވެ. 



މިރޭގެ ޖަލްސާގެ ސަލާމަތީ ކަންކަމުގައި
ފުލުހުންނާއި ސިފައިން ދަނީ މިހާރުވެސް ހަރަކާތްތެރިވަމުން. މިގޮތުން މިރޭ
ހަތަކުން ފެށިގެން ދަރުބާރުގޭ ހުންނަ ސަރަހައްދުގެ ބައެއް މަގުތައް ބަންދުކުރުމަށް
ވަނީ ހަމަޖައްސާފައެވެ.