ޚަބަރު

ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއެރުވުމަށް އެހީތެރިވަނީ


އިޤްތިސާދީ ދާއިރާތައް
އިތުރަށް ވަރުގަދަކޮށް ފުޅާ ކުރަން ބޭނުންވާއިރު ސަރުކާރުގެ ވިސްނުންހުރީ
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ
އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ
ވިދާޅުވެއްޖެ އެވެ.



ޕީއެސްއެމްގެ ރާއްޖެ މިއަދު
ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ
އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ،
ދަނޑުވެރިކަމުގެ ދާއިރާ ރަނގަޅުކޮށް އިޤްތިސާދުގެ ތެރެއަށް ގެންނަން ވަރަށް ބޮޑު
މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އަދި މީގެކުރިން ދިވެހިންނަށް ހީވެފައި އޮތީ
ދަނޑުވެރިކަމަކީ ދިވެހިންނަށް ކުރެވޭނެ މަސައްކަތެއްގެ ގޮތުގައި ނޫން
ކަމަށްވިޔަސް، މިހާރު އެކަން ބަދަލުވެ ބޭރުގެ އިންވެސްޓަރުން ދަނޑުވެރިކަމުގެ
ދާއިރާއިން އަންނަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން ދާދި ފަހުން
ސޮއިކުރި ދަނޑުވެރިކަމުގެ ދާއިރާގެ ދިހި މިލިއަން ޑޮލަރަށްވުރެ ބޮޑު
އިންވެސްޓަމްންޓް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. 

މިނިސްޓަރ ވިދާޅުވީ ދަނޑުވެރިވެރިކަން
ތަރައްޤީކުރުމަށް ދަނޑުވެރިކަމުގެ އިންޝުއަރަންސް ސްކީމުގައި ބައިވެރިވުމަކީ
ވަރަށް ބޭނުންތެރިކަމެއް ކަމަށެވެ.



މަސްވެެރިކަމުގެ ދާއިރާއާ ގުޅޭ ގޮތުން ވާހަފަޅުދައްކަވަމުން
މިނިސްޓަރ ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާގައި އޮތް އިންޝުއަރަންސް ސްކީމްއަކީ ކަނޑު
ގަދަވެ މަހަށް ފުރޭގޮތް ނުވިނަމަވެސް މަސްވެރިންނަށް ގެއްލުން ނުވެ ދިރިއުޅުމުގެ
ކަންކަން ހަމަޖެއްސޭނެ ސްކީމެއްކަމަށެވެ. މި ސްކީމްގެ ދަށުން މަސްވެރިންނަށް
ބޭނުންވާ ތެޔޮ ނުލިބި ނުވަތަ މަސްވެރިކަން ދަށްވެދާނެތީ ރަށުގައި ހުންނާކަަށް
ނުޖެހޭނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. 

މިނިސްޓަރ ވިދާޅުވީ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއި މަސައްކަތް
ކުރަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭ ފަދަ ގޮތަށް ނިޒާމެއް
ސަރުކާރުން ޤާއިމްކޮށް، އެދެ ދާއިރާވެސް ބައްޓަންކޮށްފައިވާ ކަމަށެވެ.