ކުޅިވަރު

123 ޕޮއިންޓާއެކު ބްރޫކްލީންގެ މައްޗަށް ސިކްސާރސް ކާމިޔާބު ހޯދައިފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރިމެޗް ސިކްސަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ސިކްސަރސް ކާމިޔާބުކުރީ 123 ޕޮއިންޓް 117 ޕޮއިންޓުންނެވެ.

މިމެޗްގައި ސިކްސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 39 ޕޮއިންޓް ހޯދާދީ 13 ރީބައުންޑް ނަގައިދިން ޖޮއެލް އެމްބިޑްއެވެ. ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 37 ޕޮއިންޓް ހޯދައިދީ 9 އެސިސްޓް ދިން ކައިރީ އަރވިންގއެވެ.

މިމުބާރާތުގައި ލޮސް އެންޖަލިސް ކްލިޕަރސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 100 ޕޮއިންޓް 98 ޕޮއިންޓްގެ ކުޑަ ތަފާތަކުން ކާމިޔާބުކުރީ ކްލިޕަރސްއެވެ. މިމެޗްގައި ކްލިޕަރސްގެ ރެޖީ ޖެކްސަންވަނީ އެޓީމަށް 29 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގާފައެވެ. އަދި ޕިސްޓަންސްގެ ޖެރެމީ ގްރާންޓް ވަނީ 28 ޕޮއިންޓް އެޓީމަށް ހޯދާދީފައެވެ. މީގެއިތުރުން ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރިމެޗް 147 ޕޮއިންޓް 109 ޕޮއިންޓްގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ވޮރިއަރސްއެވެ. މިމެޗްގައި ވޮރިއަރސްގެ ސްޓެފަން ކަރީ ވަނީ 42 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގާ 8 އެސިސްޓް ކޮށްފައެވެ. އަދި ތަންޑަރގެ ޑާރިއަސް ބެޒްލީ ވަނީ 22 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާފައެވެ.

މިމުބަރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ޑެންވަރ ނަގެޓްސް އާއި މައޭމީ ހީޓް ބައްދަލުކުރިމެޗް 123 ޕޮއިންޓް 106 ޕޮއިންޓުން ނަގެޓްސް ކާމިޔާބުކުރިއިރު ވޮޝިންގޓަން ވިޒަޑްސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރިމެޗް 123 ޕޮއިންޓް 111 ޕޮއިންޓުން ކާމިޔާބުކުރީ ވިޒަޑްސްއެވެ. ޑެލަސް މެވްރިކްސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރިމެޗް 114 ޕޮއިންޓް 113 ޕޮއިންޓްގެ ކުޑަ ތަފާތަކުން މެވްރިކްސް ކާމިޔާބުކުރިއިރު އިންޑިއާނާ ޕޭސަރސްއާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 132 ޕޮއިންޓް 124 ޕޮއިންޓުން ކާމިޔާބުކުރީ ޕޭސަރސްއެވެ. ނިއުޔޯކް ނިކްސް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރި މެޗް 116 ޕޮއިންޓް 106 ޕޮއިންޓުން ނިކްސް ކާމިޔާބުކުރިއިރު އޯލާންޑޯ މެޖިކް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް 115 ޕޮއިންޓް 106 ޕޮއިންޓުން ކާމިޔާބުކުރީ މެޖިކްއެވެ. ޓޮރޮންޓޯ ރެޕްޓަރސް އާއި ސެން އެންޓޯނިއޯ ސްޕަރސް ބައްދަލުކުރިމެޗް 117 ޕޮއިންޓް 112 ޕޮއިންޓުން ރެޕްޓަރސް ކާމިޔާބުކުރިއިރު ކްލީވްލަންޑް ކެވެލިއަރސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރިމެޗް 103 ޕޮއިންޓް 90 ޕޮއިންޓުން ކާމިޔާބުކުރީ ކެވެލިއަރސްއެވެ. އަދި މިލްވައުކީ ބަކްސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް 130 ޕޮއިންޓް 105 ޕޮއިންޓުން ކާމިޔާބުކުރީ ބަކްސްއެވެ.