ޚަބަރު

އިތުބާރު ނެތްކަމުގެ މައްސަލައިގައި ޕީޖީ ހާޒިރުކޮށްފި


ޕްރޮސެކިއުޓަރ ޖެނަރަލް މުހްތާޒް މުހުސިންގެ މައްޗަށް ހުށަަހަޅާފައިވާ އިތޔބާރު ނެތްކަމުގެ މައްސަލައިގައި އޭނާ މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ ސަބްކޮމިޓީއަށް ހާޒިރުކޮށްފިއެެވެ. 

ނަމަވެސް ޕީީޖީ މުހްތާޒް ހާޒިރުކުރި ބައްދަލުުވުންވަނީ ސިއްރުކޮށްފައެވެ. 

ޕީޖީ މުހުތާޒް މަޤާމުން ވަކިކުރުމަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ތިން މެެމްބަރަކެވެ. އެއީ ދަނގެތިދާއިރާގެ މެމްބަރު އިލްހާމް އަހުމަދު، ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ އެވެ. 

ނަމަވެސް
ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދި ސަބަބެއް އަދި ސާފެއްނުވެއެވެ.  

ޕީޖީ މުހްތާޒް ޕީއެސްއެމަށް
މައުލޫމާތު ދެއވަމުން ވިދާޅުވީ، އެމަނިކުފާނު އައްޔަންކުރެއްވީ ރައްޔިތުންގެ
މަޖިލީހުން ކަމަށާއި، އެހެންކަމުން މަޖިލީހުން ވަކިކުރައްވަންދެއް މަގާމުގައި ދެމި
ހުންނަވާނެކަމަށް ވިދާޅުވިއެވެ.  

ޕީޕީއެމް
މެމްބަރަކު ޕީއެސްއެމަށް ވިދާޅުވީ ޕީޖީ މުހްތާޒްގެ އިތުބާރު ނެތްކަމުގެ މައްސަލަ
މަޖިލީހަށް ވެއްދީ ޤާނޫނާއި ޚިލާފް ކަންތައްތަކެއް ކޮށްފައިވާކަމަށް
ގަބޫލްކުރެވޭތީކަމަށެވެ.