ކުޅިވަރު

މުންބާއި އިންޑިއަންސް އާއި ކޮލްކަޓާ ނައިޓް ރައިޑަރސް ބައްދަލުކުރިމެޗް އިންޑިއަންސް ކާމިޔާބުކޮށްފި


އިންޑިއަން ޕްރިމިއަރ ލީގު ޓީ ޓުވެންޓީ ކްރިކެޓް މުބާރާތުގައި މުންބާއި އިންޑިއަންސް އާއި ކޮލްކަޓާ ނައިޓް ރައިޑަރސް ބައްދަލުކުރިމެޗް މުންބާއި އިންޑިއަންސް ކާމިޔާބުކޮށްފިއެވެ. މިމެޗް އިންޑިއަންސް ކާމިޔާބުކުރީ 10 ލަނޑުންނެވެ.

މި މެޗްގައި އެންމެ ފުރަތަމަ ކުޅެން އަރާ އެންމެ ފަހުގެ ޗެމްޕިއަން މުންބާއި އިންޑިއަންސްއަށް 20 އޯވަރު ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 152 ލަނޑެވެ. މި އިނިންގްސްގައި އިންޑިއަންސްއަށް އެންމެ ރަނގަޅަށް ކުޅުނީ 36 ބޯޅައިން 56 ލަނޑު ހެދި ސުރްޔަކުމާރު ޔާދަވްއެވެ. އަދި ކެޕްޓަން ރޮހިތު ޝަރްމާ ވަނީ 32 ބޯޅައިން 43 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި ނައިޓް ރައިޑަރސްއަށް އެންމެ ރަނގަޅަށް އުކީ 2 އޯވަރު 15 ލަނޑަށް 5 ވިކެޓް ނެގި އަންޑްރޭ ރަސެލްއެވެ. އަދި ޕެޓް ކުމިންގްސް ވަނީ 4 އޯވަރު ތެރޭ 24 ލަނޑަށް 2 ވިކެޓް ނަގާފައެވެ.

ޖަވާބުގައި ކުޅެން އަރާ ނައިޓް ރައިޑަރސްއަށް 20 އޯވަރު ތެރޭގައި 7 ކުޅުންތެރިން ނުބައިވެގެން ހެދުނީ 142 ލަނޑެވެ. މި އިނިންގްސްގައި ނައިޓް ރައިޑަރސްއަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 47 ބޯޅައިން 57 ލަނޑު ހެދި ނިތިޝް ރާނާއެވެ. އަދި ޝިބްމާން ގިލްވަނީ 24 ބޯޅައިން 33 ލަނޑު އެޓީމަށް ހަދައިދީފައެވެ. މިއީނިންގްސްގައި އިންޑިއަންސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ 4 އޯވަރުތެރޭ 27 ލަނޑަށް 4 ވިކެޓް ނެގި ރާހުލް ޗަހާރުއެވެ. އަދި ޓްރެންޓް ބޯލްޓްވަނީ 4 އޯވަރުތެރޭ 27 ލަނޑަށް 2 ވިކެޓް ނަގާފައެވެ.
މިއީ މިފަހަރުގެ އައިޕީއެލްގައި އިންޑިއަންސްގެ ފުރަތަމަ ކާމިޔާބީއެވެ.

މި މުބާރާތުގައި މިއަދު ކުޅޭ މެޗްގައި ބައްދަލުކުރާނީ ސަން ރައިޒަރސް ހައިދުރަބާދާއި ރޯޔަލް ޗެލެންޖަރސް ބެންގަލޯއެވެ.