ކުޅިވަރު

ނައިޓް ރައިޑަރސް އާއި ސަންރައިޒަރސް ބައްދަލުކުރިމެޗް ރައިޑަރސްއަށް


އިންޑިއަން ޕްރިމިއަރ ލީގު ޓީ ޓުވެންޓީ ކްރިކެޓް މުބާރާތުގައި ކޮލްކަޓާ ނައިޓް ރައިޑަރސް އާއި ސަންރައިޒަރސް ހައިދުރަބާދު ބައްދަލުކުރިމެޗް ނައިޓް ރައިޑަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ނައިޓް ރައިޑަރސް ކާމިޔާބުކުރީ 10 ލަނޑުންނެވެ.

މިމެޗްގައި އެންމެ ފުރަތަމަ ކުޅެން އަރާ 20 އޯވަރުތެރޭ 6 ކުޅުންތެރިން ނުބައިވެގެން ނައިޓް ރައިޑަރސްއަށް ހެދުނީ 187 ލަނޑެވެ. މި އިނިންގްސްގައި ނައިޓް ރައިޑަރސްއަށް އެންމެ ރަނގަޅަށް ކުޅުނީ 56 ބޯޅައިން 80 ލަނޑު ހެދި ނިތިޝް ރާނާއެވެ. މީގެއިތުުރުން ރާހުން ތްރިޕަތީ ވަނީ އެޓީމަށް 29 ބޯޅައިން 53 ލަނޑު ހަދައިދީފައެވެ. އަދި ޑިނޭޝް ކަރތިކްވަނީ 22 ލަނޑު ހަދާފައެވެ. ސަން ރައިޒަރސްއަށް މި އިނިންގސްގައި އެންމެ ރަނގަޅަށް އުކީ 4 އޯވަރު 24 ލަނޑަށް 2 ވިކެޓް ނެގި ރާޝިދު ޙާން އާއި 4 އޯވަރު 32 ލަނޑަށް 2 ވިކެޓް ނެތި މުހަންމަދު ނަބީއެވެ.

ޖަވާބުގައި ކުޅެން އަރާ 20 އޯވަރު ތެރޭ 5 ކުޅުން ތެރިން ނުބައިވެގެން ހެދުނީ 177 ލަނޑެވެ. މި އިނިންގްސްގައި ސަންރައިޒަރސްއަށް އެންމެ ރަނގަޅަށް ކުޅުނީ 44 ބޯޅައިން 61 ލަނޑު ހެދި މަނީޝް ޕާންޑޭއެވެ. އަދި ޖޮނީ ބެއަރސްޓޯވަނީ އެޓީމަށް 40 ބޯޅައިން 55 ލަނޑު ހަދައިދީފައެވެ.

މި އނިންގްސްގައި ނައިޓް ރައިޑަރސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ 4 އޯވަރު 35 ލަނޑަށް 2 ވިކެޓް ނެގި ޕްރަސިތު ކްރިޝްނާއެވެ.
މިމުބާރާތުގައި ނައިޓް ރައިޑަރސް ދެން ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން މުންބާއި އިންޑިއަންސް އާއެވެ. އަދި ސަންރައިޒަރސް ނިކުންނާނީ ރޯޔަލް ޗެލެންޖަރސް ބެންގަލޯއާ ދެކޮޅަށެވެ. މިމުބާރާތުގައި މިއަދު ކުޅޭ މެޗްގައި ބައްދަލުކުރާނީ ޕަންޖާބް ކިންގްސް އާއި ރާޖަސްތާން ރޯޔަލްސްއެވެ.