ޚަބަރު

ކޯވިޑް-19 : އިތުރު 93 މީހަކު ޕޮޒިޓިވް، 122 މީހުން ބަލިން ރަނގަޅު


ރާއްޖެއިން އިތުރު 93 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 25،617 އަށް އަރައިފިއެވެ. މިބަލިން މިހާތަނަށް 22،551 މީހުންވަނީ ރަނގަޅުވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ފާއިތުވި 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު މާލެ ސަރަޙައްދުން އަލަށް 50 މީހުންވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00އިން ފެށިގެން އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 93 މީހުންގެ ތެރޭގައި ދެން ހިމެނެނީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 21 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 22 މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 25،617އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 122 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަލަށް ބަލިން ރަނގަޅުވި މީހުންނާއެކު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 22،551އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 2،990 މީހުންނެވެ. އަދި 72 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،516 ސާމްޕަލެއް ވަނީ ނަގާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 67 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 59 ދިވެހިންނާއި 8 ބިދޭސީންނެވެ.