ޚަބަރު

ޓުއަރިޒަމް މިނިސްޓަރާއި ޑިފެންސް މިނިސްޓަރަށް ރުހުން ދިނުން


ޓުއަރިޒަމް މިނިސްޓަރުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ
އައްޔަން ކުރައްވާފައިވާ މޫސާ ޒަމީރާއ،ި ޑިފެންސް
މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވާ އާދަމް ޝަރީފް އުމަރަށް
ރުހުން ދިނުމަށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން
ފާސްކޮށްފިއެވެ. 

 މި ދެވަޒީރުންނަށް ރުހުންދޭން ފެންނަކަމަށް ފާސްވީ ކޮމިޓީގައި
ބައިވެރިވި މެމްބަރުންގެ މެމްބަރުންގެ އިއްތިފާގުންނެވެ. 

 މި ދެބޭފުޅުން ވަޒީރުކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވީ މިދިޔަމަހުގެ އަށާވީސް ވަނަ ދުވަހުއެވެ. . ދެ ވަޒީރުންނަށް  ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވީ މިދިޔަ ބުދަ ދުވަހުއެވެ. 

 ޑިފެންސް
މިނިސްޓަރަކަށް އައްޔަންކުރެއްވުމުގެ ކުރިން އާދަމް ޝަރީފް ހުންނެވީ އެޑިއުކޭޝަން
މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. ޑިފެންސް މިނިސްޓަރުގެ މަގާމު ހުސްވެފައި ވަނީ
އެ މަގާމުގައި ކުރިން ހުންނެވި މޫސާ އަލީ ޖަލީލު މިދިޔަ އޮކްޓޯބަރު 14 ގައި
މަގާމުން ވަކިކުރެއްވުމާ ގުޅިގެނެވެ.  މޫސާ ޒަމީރަކީ ނިމިދިޔަ ސަތާރަވަނަ
ރައްޔިތުންގެ މަޖިލީހުގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރެވެ.