ކުޅިވަރު

ޔޫޓާ ޖޭޒް އާއި ޕޯޓްލަންޑް ބައްދަލުކުރިމެޗް ޖޭޒް ކާމިޔާބުކޮށްފި


އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި ޔޫޓާ ޖޭޒް އާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް ބައްދަލުކުރިމެޗް ޖޭޒް ކާމިޔާބުކޮށްފިއެވެ. މިމެޗް ޖޭޒް ކާމިޔާބުކުރީ 122 ޕޮއިންޓް 103 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޖޭޒްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 37 ޕޮއިންޓް ހޯދައިދިން ޑޮނޮވަން މިޝޭލްއެވެ. އަދި ބްލޭޒަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދައިދިން ޑޭމިއަން ލިލާޑްއެވެ.

މިމުބާރާތުގައި ލޮސް އެންޖަލިސް ކްލިޕަރސް އާއި ފީނިކްސް ސަންސް ބައްދަލުކުރިމެޗް 113 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބުކުރީ ކްލިޕަރސްއެވެ. މިމެޗްގައި ކްލިޕަރސްގެ ޕޯލް ޖޯޖްވަނީ އެޓީމަށް 33 ޕޮއިންޓް ހޯދައިދީ 7 ރީބައުންޑް ނަގާފައެވެ. އަދި ސަންސްގެ ޑިއާންޑްރޭ އައިޓަންވަނީ އެޓީމަށް 18 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާފައެވެ. މީގެއިތުރުން މައޭމީ ހީޓާއި ލޮސްއެންޖަލިސް ލޭކަރސް ބައްދަލުކުރިމެޗް 110 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބުކުރީ ހީޓްއެވެ. މިމެޗްގައި ހީޓްގެ ޖިމީ ބަޓްލަރވަނީ އެޓީމަށް 28 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާފައެވެ. އަދި ލޭކަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 28 ޕޮއިންޓް ހޯދާދިން ކެންޓޭވިއަސް ކަލްޑްވެލް ޕޯޕްއެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ޑެޓްރޮއިޓް ޕިސްޓަންސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރިމެޗް 113 ޕޮއިންޓް 101 ޕޮއިންޓުން ޕިސްޓަންސް ކާމިޔާބުކުރިއިރު ޑެލަސް މެވްރިކްސް އާއި މިލްވައުކީ ބަކްސް ބައްދަލުކުރިމެޗް 116 ޕޮއިންޓް 101 ޕޮއިންޓުން ކާމިޔާބުކުރީ މެވްރިކްސްއެވެ. ކްލީވްލަންޑް ކެވެލިއަރސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރިމެޗް 129 ޕޮއިންޓް 102 ޕޮއިންޓުން ކެވެލިއަރސް ކާމިޔާބުކުރިއިރު ޝިކާގޯ ބުލްސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް 122 ޕޮއިންޓް 113 ޕޮއިންޓުން ކާމިޔާބުކުރީ ބުލްސްއެވެ.