ވިޔަފާރި

ރޯދަމަހު މީރާގެ ޓެކްސްޕެޔަރ ސެންޓަރުން ނަމްބަރު ދޫކުރާ ގަޑިތައް ކަނޑައަޅައިފި


ރޯދަމަހު މީރާގެ ޓެކްސްޕޭޔަރ ސެންޓަރުން ހިދުމަތް ދިނުމަށް ނަންބަރު ދޫކުރާނީ ހެނދުނު 9:00 އިން މެނދުރު 12:30 އަށްކަމަށް މީރާއިން ހާމަކޮށްފިއެވެ.

މީރާއިން ބުނީ ރޯދަމަހު މިގޮތަށް ނަންބަރު ދޫކުރާއިރު، މިހާރެކޭ އެއްފަދައިން މީރާ އެޕްލިކޭޝަން ނުވަތަ ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ނަންބަރު ނެގޭނެކަމަށެވެ. އަދި އެގޮތަށް ނަންބަރު ނުނެގޭ ފަރާތްތަކަށް މީރާގެ ހޮޓްލައިން 3020460 އިން ވެސް ނަމްބަރު ދޫކުރާނެކަމަށް މީރާއިން ބުނެއެވެ.

މިރާއިން ބުނި ގޮތުގައި މީރާގެ މިއުސޫލު ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހަށްވެސް ކުރިއަށްދާނެއެވެ.

މިރާއަށް މިހާރުވެސް ދައްކަން ޖެހޭ ޓެކްސްތަކާއި ފީތަކަކީ އޮންލައިންކޮށް ބޭނުން ގަޑިއަކު ދައްކާލެވޭ ތަކެއްޗެވެ. މިއީ ކޯވިޑް-19އާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެކެވެ. އަދި މީރާއިން ވަނީ އޮންލައިންކޮށް ޙިދުމަތް ހޯދުމަށް ހުރިހާ ފަރާތްތަކަށްވެސް އިލްތިމާސްކޮށްފައެވެ.