ކުޅިވަރު

ބުރޫނޭގެ ކޮންޓްރެކްޓް 2025 ވަނަ އަހަރާ ހަމަޔަށް އިތުރުކޮށްފި


މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރ ކެވިން ޑި ބުރޫނޭގެ ކޮންޓްރެކްޓް 2025 ވަނަ އަހަރާއި ހަމަޔަށް އިތުރުކޮށްފިއެވެ. 29 އަހަރުގެ މިޑްފީލްޑަރ، ސިޓީއާއެކު ކުރިން ހަދާފައިވާ އެއްބަސްވުމުގަ އިތުރު ދެ އަހަރު އޮތްއިރު، އޭނާގެ ކޮންޓްރެކްޓް ވަނީ 2025 ވަނަ އަހަރާއި ހަމައަށް އިތުރުކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން، ކޮންޓްރެކްޓް އިތުރު ކުރުމާއެކު، މިޑްފީލްޑަރ ބުރޫނޭ، އޭނާގެ ކުޅުން އިތުރަށް ރަނގަޅުކޮށް، ޓީމަށް މިހާރަށް ވުރެ ބޮޑަށް ބޭނުން ހިފޭނެ ފަދަ ކުޅުންތެރިއަކަށް ވުމަށް، އޭނާގެ ޕާފޯމަންސް ރަނގަޅު ކުރާނެކަމަށް ބުނެއެވެ. ބުރޫނޭއަށް ލިބިފައިވާ އަނިޔާއާ އެކުވެސް، މިހާތަނަށް 33 މެޗު ކުޅެ، އަށް ގޯލު ޖަހާ، 16 އެސިސްޓް ވަނީ ހަދާފައެވެ. އެގޮތުން، ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގުގައި ބުރޫޝިއާ ޑޯޓްމުންޑް ދެކޮޅަށް ކުޅުނު މެޗުގެ ލީޑު ނެގި ގޯލު ޖެހީ ވެސް ބުރޫނޭކަން ފާހަގަކޮށްލެވެއެވެ.