ޚަބަރު

ސައިކަލަކާއި ފުލުހުންގެ ކާރެއް ޖެހި އެކްސިޑެންޓެއް


ސައިކަލެއްގައި ފުލުހުންގެ ވެހިކަލެއްޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގާފައިވަނީ ސިނަމާލެ ބުރިޖުން ފައިބައިގެން ހުޅުމާލެއަށް ދާން އޮންނަ ސަރަޙައްދުގެ ޓްރެފިކް ލައިޓަށް މަޑުކޮށްފައި ހުރި ސައިކަލެއްގައި ފުލުހުންގެ ވެހިކަލެއް ޖެހިގެންކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭގެ 19:20ހާއިރުއެވެ. މި އެކްސިޑެންޓްގައި ސައިލުގައި އިން މީހައަށް ހާނީއްކަވެ އައިޖީއެމްއެޗަށް ގެންގޮސް ދަނީ ފަރުވާދެމުންނެވެ. ނަމަވެސް އެމީހާއަށް ސީރިއަސް ހާނީއްކައެއް ވެފައި ނުވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.