ޚަބަރު

7000 މެމްބަރުންގެ ޕާޓީތަކަށްވެސް ފައިސާ ދޫކުރަން ހުށަހަޅައިފި


ހަތްހާސް މެމްބަރުން ހަމަވާ ޕާޓީތަކަށް ދައުލަތުގެ
ބަޖެޓުން ފައިސާ ދޫކުރާގޮތަށް ސިޔާސީ ޕާޓީތަކާއި ބެހޭ ޤާނޫނަށް އިސްލާހެއް
ހުށައަޅައިފިއެވެ.



މި އިސްލާހު ހުށައެޅުއްވީ މަކުނުދޫ ދާއިރާގެ
މެމްބަރު އަނާރާ ނަޢީމެވެ. 



ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި މިހާރު ބުނެފައިވަނީ،
ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރެވޭނީ ދިހަ ހާސް މެމްބަރުން ހަމަވާ
ޕާޓީތަކަށްކަމަށެވެ. 



ނަމަވެސް އަނާރާ 
ހުށައެޅި އިސްލާހުގައި ބުނެފައި ބުނެފައިވަނީ، ހަތްހާސް މެމްބަރުން ހަމަވެފައިވާ
ޕާޓީތަކަކީ މިހާރު ރާއްޖޭގެ ސިޔާސީ މަސްރަޙްގައި ވަރަށް ޙަރަކާތްތެރި ޕާޓީތަކެއް
ކަމަށްވެފައި، ރައްޔިތުންގެ މަޖިލީހުގައިވެސް އެޕާޓީތަކުގެ މެމްބަރުން
ހަރަކާތްތެރިވާތީ އެފަދަ ޕާޓީތަކަށްވެސް ފައިސާ ލިބޭނެގޮތެއް ހެދުންކަމަށެވެ. 



މިއިސްލާހުގައި ބުނެފައިވަނީ، ހަތްހާސް މެމްބަރުން
ހަމަކުރާ ޕާޓީއަކަށް ކުރިއަށްއޮތް އަހަރުގެ ބަޖެޓް ހިނގަންފެށުމުން، އެއަހަރު
ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ، ނުލިބޭނެކަމަށެވެ. 



ނަމަވެސް އެޕާޓީތަކަށް ވިދިގެން އަންނަ އަހަރުގެ
ބަޖެޓު ފާސްވުމަށްފަހު އެބަޖެޓުން ފައިސާ ދޫކުރާނެކަމަށް އަނާރާ ނައީމް
ހުށައެޅުއްވި އިސްލާހުގައި ބުނެފައިވެއެވެ.