ކުޅިވަރު

ޓީޓީގެ ޖޫނިއަރ މުބާރާތުގެ އަމާޒަކީ ސިލްވަރ މެޑަލްއެއް: ސުޖާއު


ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖޭގެ ޓީމުން ސިލްވާ މެޑަލްއެއް ހޯދުމަށް އަމާޒް ހިފާފައިވާކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕްގެ އުމުރުފުރާއަށް ބަދަލުތަކެއް އައިސްފައިވުމުން މިއަހަރުގެ މުބާރާތް ވެގެންދާނީ މިހާތަނަށް ކުޅެވޭ އެންމެ ފޯރިގަދަ މުބާރާތްކަމަށް ޓީޓީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު ވިދާޅުވިއެވެ. ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް މުބާރާތް އާންމު ގޮތެއްގައި ކުޅެނީ 15 އަހަރުން ދަށުގެ ކުދިންނަށް ޚާއްސަ ކެޑޭޓްބައިގެ އިތުރުން، 18 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ޖޫނިއަރބައެވެ. ނަމަވެސް މިއަހަރުގެ މުބާރާތުގައި އުމުރުފުރާއަށް ބަދަލުތަކެއް އައިސް، މިއަހަރުގެ މުބާރާތް 18 އަހަރުން ދަށުގެ ބަދަލުގައި 19 އަހަރުން ދަށަށްވަނީ ބަދަލުކޮށްފައެވެ. އެންމެ ފަހުން ބޭއްވިގެންދިޔަ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް މުބާރާތުގެ މެޗުތައް ދިޔަ ގޮތުން އެމުބާރާތުގައި ރާއްޖޭގެ ޓީމަށް ސިލްވާ މެޑަލްއެއް ހޯދުނީސްކަމަށް ސުޖާއު ވިދާޅުވިއެވެ. އަދި އެމުބާރާތުގެ ސިލްވާ މެޑަލް ރާއްޖެއަށް ގެއްލުނީ މަދު ޕޮއިންޓެއްގެ ތަފާތުންކަމަށް ވެސް ސުޖާޢު ވިދާޅުވިއެވެ.

ޓީޓީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު ވިދާޅުވީ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް މުބާރާތަކީ މިސަރައްހަދުގެ ވަރަށް ވާދަވެރި މުބާރާތެއްކަމަށާއި ރާއްޖޭގެ ޖޫނިއަރ ޓީޓީ ކުދިން ވެސް ފަހަކަށް އައިސް ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާކަމަށެވެ. އަދި އަމިއްލަ ފަސްގަނޑުގައި މިމުބާރާތް އޮތުމާއެކު ރަގަނޅު ކާމިޔާބީއެއް، ސަޕޯޓަރުންގެ އެހީގައި ހޯދޭނެކަމަށް އުއްމީދު ކުރާކަމަށްވެސް ޓީޓީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު ވިދާޅުވިއެވެ.

ރާއްޖޭގައި މިއަހަރު ބާއްވާ ބައިނަލްއަޤުވާމީ ދެ މުބާރާތްކަމަށްވާ ކޮމަންވެލްތު ޔޫތު ޓުއަރ ޓީޓީ މުބާރާތާއި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕަކީ ރާއްޖޭއަށް ވަރަށް ހާއްސަ ދެ މުބާރާތެއްކަމަށް ޓީޓީ އެސޯސިއޭޝަންއިން ބުނެފައިވެއެވެ. މިދެ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބި، ދެ މުބާރާތްވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. ޓީޓީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު ވިދާޅުވީ