ކުޅިވަރު

މައޭމީ އޯޕަންގެ ފައިނަލަށް ޔަނިކް ސިނަރ


މައޭމީ އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުން އިޓަލީވިލާތުގެ ޒުވާން ކުޅުންތެރިޔާ ޖަނިކް ސިނަރ ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ފައިނަލުން ޔަނިކް ޖާގަހޯދީ ސެމީފައިނަލްގައި ސްޕެއިންގެ ރޮބާޓޯ ބައުޓިސްޓާ އަގުޓް ބަލިކުރުމަށްފަހުއެވެ.

ސެމީފައިނަލް މެޗް ޔަނިކް ކާމިޔާބުކުރީ ދެ ސެޓް އެއްސެޓުންނެވެ. އެއީ ފަހެއް ހަތެއް، ހައެއް ހަތަރެއް އަދި ހައެއް ހަތަރަކުންނެވެ. ފައިނަލްގައި ޖަނިކް ބައްދަލުކުރާނީ މުބާރާތުގެ ހަތަރުވަނަ ސީޑް ރަޝިޔާގެ އަންޑްރޭ ރުބްލޯފް އާއި ޕޯލަންޑްގެ ހުބަރޓް ހަރކާޒް ބައްދަލުކުރާ ސެމީފައިނަލްގެ ދެވަނަ މެޗުން މޮޅުވާ ކުޅުންތެރިޔަކާއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޔަނިކްވަނީ ފައިނަލުން ޖާގަހޯދުމުން ވަރަށް އުފާވާކަމަށް ބުނެފައެވެ. އޭނާ ބުނީ މެޗުގެ ކުރީކޮޅު ދެކުޅުންތެރިންނަށްވެސް ވައިގަދަ ވުމުގެ ސަބަބުން އުނދަގޫ ވިކަމަށާއި އެހެންވެ ބޮޑަށް ބެލީ ސަރވިސް ރަނގަޅު ކުރަންކަމަށެވެ. ޔަނިކް ވެފައިވަނީ މައޭމީ އޯޕަންގެ ފައިނަލުން ޖާގަހޯދި ދެވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އެންމެ ޒުވާން ކުޅުންތެރިޔަކަށް ވެފައިވަނީ 2005 ވަނަ އަހަރު ރަފައެލް ނަދާލްއެވެ. ޔަނިކް މިހާތަނަށްވަނީ އޭޓީޕީ ދެ ކުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ މިދިޔަ ސީޒަންގައި ސޯފިއާގައި އޮތް މުބާރާތާއި އޮސްޓްރޭލިއަން އޯޕަން ފެށުމުގެ ކުރިން މެލްބަންގައި ބޭއްވި ވާރމް އަޕް މުބާރާތެވެ.