ތަޢުލީމު

އިސްލާމިކް ޔުނިވާސިޓީއަށް ސައުދީ ސަފީރު ޒިޔާރަތް ކުރައްވައިފި


ސައުދި އަރަބިއްޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި ސަފީރު ބަދުރު އަލީ އަލްކަޙައިލް، އޭނާގެ އަމިއްލަފުޅު އިސްނެންގެވުމަކަށް ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއަށް ޒިޔާރަތްކުރައްވައިފިއެވެ.މިކަމާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތުދެމުން އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައެޅި ސަފީރުގެ ޒިޔާރަތުގައި ޔުނިވާސިޓީގެ ހާލަތު ބައްލަވާފައިވާ ކަމަށާއި ޔުނިވާސިޓީއަށް އޭނާގެ ފަރާތްޕުޅުން ކޮށްދެވޭނީ ކޮންކަމެއްތޯ އޮޅުންފިލުވާފައިވާ ކަމަށެވެ. އަދި ޔުނިވާސިޓީއަށް މިހާރު ބޭނުންވާ ކަންކަމަކީ ކޮބައިކަން ހިއްސާ ކޮށްފައިވާނެ ކަމަށާއި އެ ޔުނިވާސިޓީއަށް ބޭނުންވާ ކަންތައްތަކާއި ކުރިއަށްއޮތަތަނުގައި އެތަން ތަރައްޤީ ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި، ސިޔާސަތުތައް ސައުދި އަރައްބިއްޔާއިން ޜާއްޖެއަށް ކަނޑައެޅި ސަފީރުއާއި ހިއްސާކޮށްފައިވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.