ކުޅިވަރު

މެވްރިކްސް އާއި ނިކްސް ބައްދަލުކުރިމެޗް މެވްރިކްސް ކާމިޔާބުކޮށްފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ޑެލަސް މެވްރިކްސް އާއި ނިއުޔޯކް ނިކްސް ބައްދަލުކުރިމެޗް މެވްރިކްސް ކާމިޔާބުކޮށްފިއެވެ. މިމެޗް މެވްރިކްސް ކާމިޔާބުކުރީ 99 ޕޮއިންޓް 86 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި މެވްރިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 26 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގާ 7 އެސިސްޓް ދިން ލުކާ ޑޮންޗިޗެވެ. އަދި ނިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 14 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގާ 11 އެސިސްޓް ދިން ޖޫލިއަސް ރެންޑްލްއެވެ.

މިމުބާރާތުގައި ބޮސްޓަން ސެލްޓިކްސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 118 ޕޮއިންޓް 102 ޕޮއިންޓުން ކާމިޔާބުކުރީ ސެލްޓިކްސްއެވެ. މިމެޗްގައި ސެލްޓިކްސްގެ ރޮބަރޓް ވިލިއަންސް ވަނީ އެޓީމަށް 20 ޕޮއިންޓް ހޯދައިދީ 9 ރީބައުންޑް ނަގާ 8 އެސިސްޓް ކޮށްފައެވެ. އަދި ރޮކެޓްސްގެ ކްރިސްޓިއަން ވުޑްވަނީ އެޓީމަށް 19 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާފައެވެ. މީގެއިތުރުން ޓޮރޮންޓޯ ރެޕްޓަރސް އާއި ގޯލްޑަން ސްޓޭޓް ވޮރިއަރސް ބައްދަލުކުރިމެޗް 130 ޕޮއިންޓް 77 ޕޮއިންޓްގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ރެޕްޓަރސްއެވެ. މިމެޗްގައި ރެޕްޓަރސްގެ ޕަސްކާލް ސިއަކަމްވަނީ 36 ޕޮއިންްޓް ހޯދައިދީ 7 ރީބައުންޑް ނަގާފައެވެ. އަދި ވޮރިއަރސްގެ އެންޑްރޫ ވިގިންސްވަނީ އެޓީމަށް 15 ޕޮއިންޓް ހޯދައިދީ ފައެވެ.

މިމުބާރާތުގައި ޗާލޮޓް ހޯނެޓްސް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރިމެޗް 114 ޕޮއިންޓް 97 ޕޮއިންޓުން ހޯނެޓްސް ކާމިޔާބުކުރިއިރު މެމްފިސް ގްރިޒްލީސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް 120 ޕޮއިންޓް 108 ޕޮއިންޓުން ކާމިޔާބުކުރީ ގްރިޒްލީސްއެވެ.