ޚަބަރު

އިރުޝާދިއްޔާ ސްކޫލްގެ 12 ކްލާސްރޫމް ޢިމާރާތް ކުރުމަށް ޙަވާލުކޮށްފި


އައްޑޫސިޓީ އިރުޝާދިއްޔާ ސްކޫލްގެ 12 ކްލާސްރޫމް ޢިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކުރުމަށް ބީ.އޭ.ޕީ.ސީ ޕްރައިވެޓް ލިމިޑެޓާ ޙަވާލުކޮށްފިއެވެ.

މަރަދޫ ފޭދޫގައި ހުންނަ އިރުޝަދިއްޔާ ސްކޫލްގެ މަސައްކަތް ކުރުމަށް އެކުންފުންޏާ ޙަވާލުކުރުމަށް ބޭއްވި ރސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒެވެ. އަދި ބީ.އޭ.ޕީ.ސޯ ޕްރައިވެޓް ލިމިޓޑުން ސޮއިކުރެއްވީ އޮޕަރޭޝަން މެނޭޖަރ ޢަބްދުﷲ ޒުހައިރެވެ.

300 ދުވަހުގެ ތެރޭ މި މަސައްކަތް ނިންމައި ޙަވާލުކުރުމަށް އެކުންފުންޏާ ޙަވާލުކޮށްފައިވާއިރު މިމަސައްކަތަށް 8،395،030.36 (އަށް މިލިއަން ތިން ލައްކަ ނުވަދިހަ ފަސް ހާސް ތިރީސް ރުފިޔާ ތިރީސް ހަ ލާރި) ޚަރަދުވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އެ މަސައްކަތް އަންނަ އަަހަރުގެ ފެބްރުއަރީ މަހު ނިންމާލެވޭނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

މީގެ ކުރިންވެސް ވަނީ އިރުޝާދިއްޔާ ސްކޫލްގެ 12 ކްލާސްރޫމް ޢިމާރާތްކުުރމަށް ބަޔަކާ ޙަވާލުކޮށްފައެވެ. އެހެންނަމަވެސް އެ މަސައްކަތް އެކަށީގެންވާ ދުވެލީގައި ކުރިއަށްނުދާތީ އެފާރަތުގެ އަތުން ވަނީ ނަގާފައެވެ. އިރުޝާދިއްޔާ ސްކޫލްގައި 100 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުން އަންނައިރު ކިޔަވައިދިނުމަށް ބޭނުންކުރަނީ 6 ކްލާސްރޫމްއެވެ. އެ ސްކޫލްގައި އަންނަނީ ގްރޭޑް 7އިން 10އަށް ކިޔަވައިދެމުންނެވެ.