ޚަބަރު

މި ޗީޒް ބެޗެއްގައި ޖަރާސީމު އެބަހުރި، ސަމާލުވޭ! ބޭނުންނުކުރާތި


"ލިސްޓްރިއާ މޮނޯސައިޓޯޖީންސް" ޖަރާސީމުން ތަޢައްޔަރުވުމުގެ ފުރުޞަތު އޮތް އުފެއްދުމެއް ކަމުގައިވާ ފަރެންސޭސިވިލާތުގެ ބެޗެއްގެ ޗީޒް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީން އިލްތިމާސްކުރައްވައިފިއެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ "ލިސްޓްރިއާ މޮނޯސައިޓޯޖީންސް" ޖަރާސީމުން ތަޢައްޔަރުވުމުގެ ފުރުޞަތު އޮތް އުފެއްދުމެއް ކަމުގައިވާ ފަރެންސޭސިވިލާތުގެ ބެޗެއްގެ ޗީޒް ދިވެހިރާއްޖެއަށް އެތެރެވެފައިވާކަމުގެ މަޢުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑްއިން އެ އޮތޯރިޓީއަށް އަންގާފައިވާކަމަށެވެ. އަދި މި އެލާޓާ ގުޅިގެން މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް ކުރަމުން އަންކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.

ރާއްޖެއަށް އެތެރެވެފައިވާ ފަރެންސޭސިވިލާތުގެ ޗީޒް ބެޗްގެ ބާކޯޑަކީ 3564709006031އެވެ. މި ޗީޒްގެ ބަރުދަނުގައި 220 ގުރާމް ހުންނައިރު މި ބެޗްގެ މުއްދަތު ހަމަވާ ތާރީޚަކީ މިމަހުގެ 4 އެވެ.