ޚަބަރު

ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ލިބިފައެއްނުވޭ!


ދައުލަތަށް ލިބެންޖެހޭ
ގިނަ އަދަދެއްގެ ފައިސާ ނުލިބިވާކަމަށް ސަރުކާރަށް ފާހަގަ ކުރެއްވިފައިވާތީ،
އެފައިސާ އަނބުރާ ދައުލަތަށް ހޯދޭނެ ގޮތްތަކާއި ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި
މިއަދު މަޝްވަރާ ކުރައްވައިފިއެވެ. 



މިގޮތުން ރާއްޖޭގައި ޓޫރިސްޓް
ރިޒޯޓް ތަރައްޤީ ކުރުމަށް އެމް.އެމް.ޕީ.އާރް.ސީ އިން ދޫކޮށްފައިވާ ބައެއް ރަށްތަކާއި ގުޅިގެން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބިވާކަން ފާހަގަކުރެއްވިފައިވާކަމަށް
ސަރުކާރުން ހާމަކުރައްވާފައިވެއެވެ. އަދި އެފައިސާ އަނބުރާ ދައުލަތަށް ހޯދޭނެ ގޮތްތަކާ
ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު ޖަލްސާގައި މަޝްވަރާ ކުރައްވާފައިވާކަމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތުދެއްވައެވެ.



މީގެ އިތުރުން، ރާއްޖޭގައި
ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް އެއްވެސް
ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ގޮތްތަކާ ބެހޭގޮތުންވެސް މިއަދުގެ ޖަލްސާގައި
ވަޒީރުންގެ މަޖިލީހުގެ މެންބަރުން މަޝްވަރާ ކުރެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުން މައުލޫމާތުދެއްވައެވެ.