ޚަބަރު

3 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ކޮޅުވެއްޓިއެއް ބަންޑުންޖަހާލައިފި


މާލެ އިން ތ.ގުރައިދޫއަށް 3 މީހުންނާއެކު ދަތުރު ކުރަމުންދިޔަ "ޝަފުރާޒް" ނަމަކަށް ކިޔާ ކޮޅުވެއްޓި އެއް ބަންޑުންޖަހާލައި އެމްއެންޑީއެފްގެ ކޯސްޓްގާޑު ސްކޮޑަރުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވާ ވަނީ މިއަދު 13:13 ހާއިރުގައިަކަމަށެވެ. މި ކޮޅުވެއްޓި ތ.ގުރައިދޫ އަށް ވެއްދުމަށްޓަކައި އެހެން އުޅަނދެއްގައި ކަފު ޖަހައިގެން މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އަދި އޭގައި ތިބި މީހުން އެސަރަޙައްދުން ދަތުރުކުރި ދޯންޏަކަށް ނަގައި ތ.ދިޔަމިގިލި ހެލްތު ސެންޓަރަށް 13:45 ހާއިރު ގެންގޮސްފައިވާކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތުދެއްވައެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ކޮޅުވެއްޓީގައި ހުރީ ފެނަކަ ކޯޕަރޭޝަންގެ ކާގޯގެ ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ ސާމާނުކަމަށެވެ.