ކުޅިވަރު

ރާއްޖެއާއި ހޮންކޮންގ ވާދަކުރާ މެޗް ހަވީރަށް ބަދަލުކޮށްފި


ވޯލްޑް ކަޕް
ކޮލިފައިންގައި ބުރާސްފަތި ދުވަހު ރާއްޖެއާއި ހޮންކޮންގ ވާދަކުރާ މެޗު ހަވީރަށް
ބަދަލުކޮށްފިއެވެ.

އެފްއޭއެމްއިން މަޢުލޫމާތުދެއްވި ގޮތުގައި ކުރިން ރޭގަނޑު 9 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ މެޗް މިހާރު ވަނީ ހަވީރަށް ބަދަލުކޮށްފައެވެ. މެޗު
ފެށުމަށް މިހާރު ހަމަޖެހިފައިވަނީ، 15:50ގައެވެ. މިބަދަލު ގެނައީ ފީފާގެ އެދުމުގެ
މަތީންކަމަށް އެފްއޭއެމްއިން މައުލޫމާތުދެއްވިއެވެ. 

ފިފާއިން މިގޮތަށް އެދިފައިވަނީ، މިހާރު ރާއްޖޭގައި އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ
ހާލަތާ ގުޅިގެންނެވެ. އެފްއޭއެމްއިން ބުނީ، ގަޑި ބަދަލުކުރުމާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ ދާއިރާތަކާއެކުވެސް
މަޝްވަރާކޮށްފައިވާނެކަމަށެވެ. ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު
އިޢުލާންކޮށްފައިވާތީ ހޮންކޮންގ ޓީމުން ވަނީ މިމެޗް އެހެން ދަނޑެއްްގައި ކުޅުމަށްވެސް
ފީފާގަ އެދިފައެވެ. ނަމަވެސް ރާއްޖޭގެ ސަލާމަތީ ބާރުތަކުން، ސަލާމަތީ ކަންތަށްތައް ކަށަވަރުކޮށްދެއްވާނެކަމުގެ
ޔަޤީންކަން ދެއްވުމުން ފީފާއިން ވަނީ މެޗް އެހެން ސްޓޭޑިއަމްއަކަށް ބަދަލުނުކޮށް ރާއްޖޭގައި
މެޗް ކުޅޭގޮތަށް ނިންމާފައެވެ.