ވިޔަފާރި

އެސްޓީއޯއިން ފިޔާ، ބިސް އަދި އަލުވި އަގުހެޔޮކޮށް ވިއްކަން ފަށައިިފި


އެސްޓީއޯއިން ރަމަޟާންމަހަށް އަމާޒުކޮށް ފިޔާ، ބިސް އަދި އަލުވި ޚާއްސަ އަގުތަކެއްގައި ވިއްކަން ފަށައިފިއެވެ.

އެސްޓީއޯގެ ފިހާރަތަކުން ރީޓެއިލްކޮށް ފިޔާ ކިލޯއެއް މިހާރު ވިއްކަނީ 9.50 ރުފިޔާއަށެވެ. އަދި އަލުވި ކިލޯއެއް 9 ރުފިޔާއަށް، އަދި ބިހެއް 1.40 ރުފިޔާއަށް ލިބެން ހުންނާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯ ސުޕަމާރޓް ހޯލްސޭލް ސެންޓަރުން ފިޔާ ބަސްތާއެއް މިއަހަރު ވިއްކަނީ 200 ރުފިޔާއަށެވެ. އަލުވި ބަސްތާއެއް 185 ރުފިޔާއަށް ވިއްކާއިރު ބިސް ކޭހެއް 265 ރުފިޔާއަށް ލިބެން ހުންނާނެކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.

އެސްޓީއޯއިން ބުނީ އެސްޓީއޯއިން ވިއްކާ ފިޔާ، އަލުވި އަދި ބިސް ގަތުމުގެ ކުރިން މިތަކެތި ޗެކުކުރެވޭނެ އިންތިޒާމު މިއަހަރު އެސްޓީއޯގެ ފިހާރަތަކުން ހަމަޖައްސާފައިވާނެކަމަށެވެ. އެގޮތުން އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އެސްޓީއޯ ސުޕަމާޓުން ރީޓެއިލްކޮށް މިތަކެތި ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށްވެސް މިތަކެތި ވިއްކާނެކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.