ކުޅިވަރު

ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުގައި އިހަވަންދޫގެ ފެށުން ރަނގަޅު


ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗް އިހަވަންދޫ ކްލަބް ޕޯލް ސްޓާ، އަދި ދެވަނަ މެޗް ދިއްދޫ ޓީނޭޖް ބޯއީޒް ސްޕޯޓްސް ކްލަބް ކާމިޔާބުކޮށްފިއެވެ. ފުރަތަމަ މެޗް އިހަވަންދޫ ކްލަބް ޕޯލް ސްޓާ ކާމިޔާބުކުރީ ސްޕޯޓްސް ކްލަބް ގުޑީޒްއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗްގެ ސެޓްތައް ޕޯލް ސްޓާ ގެންދިޔައީ 25-21 ، 25-16 އަދި 25-13 ނެވެ. މިއަދު މެންދުރު ކުޅުނު މިމެޗްގެ މޮޅު ކުޅުންތެރިއަކީ ޕޯލް ސްޓާގެ ބިދޭސީ ކުޅުންތެރިޔާ ބުއަލީ ޖެރޮންސްރީއެވެ. މިމުބާރާތުގައި މިއަދު ހަވީރު ދިއްދޫ ޓީނޭޖް ބޯއީޒް ސްޕޯޓްސް ކްލަބް  މެޗު ކާމިޔާބުކުރީ ލ.ފޮނަދޫ ޒުވާނުންގެ ރޫޙާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މިމެޗްގެ ސެޓްތައް ޓީނޭޖް ބޯއީޒް ސްޕޯޓްސް ކްލަބް ގެންދިޔައީ 25-11، 25-17 އަދި 25-19 ނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކީ ދިއްދޫ ޓީނޭޖް ބޯއީޒް ސްޕޯޓްސް ކްލަބްގެ ޢާއިޝަތު މާޖިދާއެވެ. މިމުބާރާތުގައި މިރޭ ވާދަކުރާނީ ޕޮލިސް ކްލަބާއި ލ.ގަން މަތިމަރަދޫ ޒުވާނުންގެ ޖަމްޢިއްޔާއެވެ.