ކުޅިވަރު

ޔޫޓާ ޖޭޒް އާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރިމެޗް ޖޭޒް ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ޔޫޓާ ޖޭޒް އާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރިމެޗް ޖޭޒް ކާމިޔާބުކޮށްފިއެވެ. މިމެޗް ޖޭޒް ކާމިޔާބުކުރީ 114 ޕޮއިންޓް 75 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޖޭޒްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 18 ޕޮއިންޓް ހޯދާދީ 17 ރީބައުންޑް ނެގި ރޫޑީ ގޮބަރޓްއެވެ. އަދި ކްލީވްލަންޑްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 18 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑް ނެގި ޑާރިއަސް ގަރލަންޑްއެވެ.

މިމުބާރާތުގައި ލޮސް އެންޖަލިސް ކްލިޕަރސް އާއި މިލްވައުކީ ބަކްސް ބައްދަލުކުރިމެޗް 129 ޕޮއިންޓް 105 ޕޮއިންޓުން ކާމިޔާބުކުރީ ކްލިޕަރސްއެވެ. މިމެޗްގައި ކްލިޕަރސްއިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 23 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާ 8 އެސިސްޓް ދިން ކައުހީ ލިއޮނަރޑްއެވެ. އަދި ބަކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 32 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގައިދިން ޖިއާނިސް އެންޓެޓޮކޮއުންޕޯއެވެ. މީގެއިތުރުން ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް 116 ޕޮއިންޓް 102 ޕޮއިންޓުން ކާމިޔާބުކުރީ ވޮރިއަރސްއެވެ. މިމެޗްގައި ވޮރއަރސްއަށް އެންެމެ ރަނގަޅު ކުޅުމެއް ދެއްކީ 32 ޕޮއިންޓް ހޯދާދީ 6 އެސިސްޓް ދިން ސްޓެފަން ކަރީއެވެ. އަދި ބުލްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 21 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނެގި ނިކޮލާ ވުސެވިޗްއެޗެ.

މި މުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ބްރޫކްލިން ނެޓްސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް 112 ޕޮއިންޓް 107 ޕޮއިންޓުން ނެޓްސް ކާމިޔާބުކުރިއިރު ނިއުޔޯކް ނިކްސް އާއި މައޭމީ ހީޓް ބައްދަލުކުރިމެޗް 98 ޕޮއިންޓް 88 ޕޮއިންޓުން ކާމިޔާބުކުރީ ހީޓްއެވެ.