ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ބ.އަތޮޅުން ފެށިގެން އައްޑޫ ސީޓީއަށް ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
ބ.އަތޮޅުން ފެށިގެން އައްޑޫ ސީޓީއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރުނީ މެންދުރު 14:00 އިން އިރުއޮއްސި 6:00އާ ހަމައަށެވެ. މެޓް އޮފީހުން ވިދާޅުވީ އެ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫއާއި ފުވައްމުލަކުގެ ބައެއް ގެތަކަށް ވަނީ ގެއްލުން ލިބިފައެވެ. އަދި ކަނޑު ދަތުރުކުރާ ފަރާތްކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.