ވިޔަފާރި

މޫސުން ގޯސްވުމުން ބައެއް ފްލައިޓްތައް ޑިލޭވެއްޖެ


މާލެ ސަރަޙައްދަށް ކުރަމުންދާ ވިއްސާރައިގެ ސަބަބަނުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސަން ޝެޑިއުލްކޮށްފައިވާ ބައެއް ފްލައިޓްތައް ޑިލޭވެއްޖެއެވެ.

މޫސުން ގޯސްވެގެން ފްލައިޓްތައް ޑިލޭ ވާން ފަށާފައިވާއިރު، ގިނަ ފްލައިޓްތަކެއް ދަނީ އެއަރޕޯޓަށް ޖެއްސޭ ގޮތް ނުވުމުގެ ސަބަބުން އެސަރަޙައްދުގައި ބުރުޖަހަމުންނެވެ.

ޑިލޭ ވަމުންދާ ފްލައިޓްތަކުގެ ތެރޭގައި އެމިރޭޓްސް، ސްރިލަންކަން އެއަރލައިންސް، ފްލައި ދުބާއީ، ޤަތަރު އެއަރވޭސް، އެއިރޯފްލޮޓް، މަންޓަރ އެއަރ، ވިލާ އެއަރ އަދި މޯލްޑިވިއަންގެ ފްލައިޓްތައް ހިމެނެއެވެ.