ޚަބަރު

ޗައިނާއާއި ޔޫއޭއީން އަގުހެޔޮކޮށް ވެކްސިން އުފައްދަނީ


ޔޫއޭއީއާ ގުޅިގެން އަގުހެޔޮކޮށް ކޯވިޑް-19 ވެކްސިން އުފައްދަން ބޭނުންވާކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި ޔޫއޭއީއަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ ދެ ޤައުމުން ގުޅިގެން ވެކްސިން އުފައްދާ މިންވަރު އިތުރުކޮށް ފަސޭހަކަމާއެކު އަގުހެޔޮ ވެކްސިން ލިބޭނެ އިންތިޒާމް ހަމަޖައްސާނެކަމަށެވެ.

ޗައިނާގައި އުފައްދާފައިވާ ސިނޯފާމް ވެކްސިން އެންމެ ފުރަތަމަ ބޭނުންކުރަން ޤައުމަކީ ޔޫއޭއީއެވެ. ފަހު މަރުޙަލާގެ ތަހުލީލުތަކުން ވެކްސިންގެ ކާމިޔާބީގެ ނިސްބަތަކީ 86 އިންސައްތަކަމަށް ދެއްކުމުން ޔޫއޭއީން އެ ވެކްސިން ބޭނުންކުރަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.