ވިޔަފާރި

މާލެ ސަރަހައްދުގައި މުދާ އުފުލާ ވަގުތުތަކަށް ބަދަލު ގެނެސްފި


މާލެ ސަރަޙައްދުގައި މުދާ އުފުލާ ވަގުތުތަކަށް ޓްރާންސްޕޯޓް އޮތޯރިޓީން ބަދަލު ގެނެސްފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ މާލެއާއި ވިލިމާލެ އަދި ބުރިޖުމަތިން 24 ގަޑިއިރުވެސް މުދާ އުފުލުމަށް ފުރުޞަތު ދީފައި އޮތް އުސޫލު ބާތިލުކޮށް، ހުކުރު ދުވަހުން ފެށިގެން މާލެ ސަރަޙައްދުގައި މުދާ އުފުލުމަށް އައު އުސޫލަކުން އަމަލުކުރަން ފަށާފައިވާކަމަށެވެ.

ޓްރާންސްޕޯޓުން އަލަށް އެކުލަވާލި އުސޫލުގައި އުސޫލުގައި މާލެއާއި ހުޅުމާލޭގައި އަދި ބްރިޖު މަތީގައި މުދާ އުފުލޭނެ ވަގުތުތަކާއި މުދާ އަރުވައިގެން ދުއްވޭނެ ވެހިކަލްތައްވެސް ކަނޑައަޅާފައިވެއެވެ.

މާލެ/ ހުޅުމާލޭ ގައި މުދާ އުފުލުން

  • - 350 ކިލޯ އިން ފެށިގެން ދަށުގެ ޕިކަޕު 24 ގަޑިއިރު މާލެތެރޭގައި ޑެލިވަރީ ކުރުމާއި ހުރިހާ ބާވަތެއްގެ މުދާ އުފުލޭގޮތަށް ހަމަޖެއްސުން
  • - ހެނދުނު 9:00 އިން ހެނދުނު 11:30 އަށް އަދި މެންދުރު 01:30 އިން ހެނދުނު 06:00 އަށް ހުރިހާ ގިންތިއެއްގެ

އުޅަނދުގައި ފެނާއި ގޭސް ފިޔަވާ އެހެނިހެން މުދާ އުފުލޭގޮތަށް ހަމަޖެއްސުން

  • - ހެނދުނު 11:30 އިން މެންދުރު 01:30 އަށް 350 ކިލޯއިން ފެށިގެން މަތީގެ އެއްވެސް
  • އުޅަނދެއްގައި މުދާ އުފުލުން މަނާކުރުން
  • - ހަވީރު 06:00 އިން ހެނދުނު 06:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެން އަދި ގޭސް
  • އުފުލޭގޮތަށް ހަމަޖެއްސުން

ބުރިޖުމަތިން މުދާ އުފުލުން

  • - ހުޅުމާލެއަށް މުދާ ގެންދިއުމަށް، 2 ޓަނުން ދަށުގެ އުޅަނދަށް 24 ގަޑިއިރު ބުރިޖުމަތިން އުފުލޭގޮތަށް
  • ހަމަޖެއްސުން (މިފަދަ އުޅަނދު ދަތުރުކުރަންވާނީ ހަމައެކަނި ބޮޑުތަކުރުފާނު މަގުންނެވެ.)
  • - 2 ޓަނުން މަތީގެ އުޅަނދު ބުރިޖުމަތިން ހަވީރު 06:00 އިން ހެނދުނު 06:00 އަށް މުދާ
  • އުފުލޭގޮތަށް ހަމަޖެއްސުން

ކޮންސްޓްރަކްޝަނަށް ބޭނުންވާ ތަކެތި ގަނޑުކޮށް އުފުލުން

- މާލެ، ހުޅުމާލެ އަށް ގަނޑުކޮށް އުފުލާ ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، ޢިމާރާތްކުރުމަށް ބޭނުންކުރާ ގާ ފަދަތަކެތި ހަވީރު 06:00 އިން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި އުފުލޭގޮތަށް ހަމަޖެއްސުން

ޓްރާންސްޕޯޓް އޮޓޯރިޓީން ވިދާޅުވީ، މިގޮތަށް ހަމަޖެއްސި ނަމަވެސް، ސްކޫލް ފެށޭ ގަޑި އާއި ނިމޭ ގަޑީގައި ސްކޫލު ހިމެނޭ ސަރަޙައްދުގައި މުދާ އުފުލުމަކީ މަނާކަމެއް ކަމުގައެވެ. ޓްރާންސްޕޯޓް އޮތޯރިޓީން މިދިޔަމަހު ކޮށްފައިވާ އިއުލާންގައި ވަނީ މާލެއާއި ވިލިމާލެ އަދި ބުރިޖުމަތިން 24 ގަޑިއިރުވެސް މުދާ އުފުލުމަށް ފުރުސަތު ދީފައެވެ. ނަމަވެސް އާ އުސޫލާއެކު، އެ އުސޫލު ވަނީ ބާތިލުކޮށްފައެވެ.