ޚަބަރު

ސުއޭޒް ކެނަލް ބަންދުވުމުން ބޯޓުފަހަރުތަކުން ދަތުރުކުރާ މަގު ބަދަލުކުރަނީ


ބޮޑު ކޮންޓެއިނަރު ބޯޓެއް ހުރަސްވެ މިޞްރުގެ ސުއޭޒް ކެނަލް ބަންދުވުމުން އެ މަގުން ދަތުރުކުރަން ހަމަޖެހިފައިވާ ތެޔޮ އުފުލާ ބޯޓުފަހަރާއި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުގެ މަގު ބަދަލުކުރުމަށް މަޖުބޫރުވެއްޖެއެވެ.

ދުނިޔޭގެ މައި ވިޔަފާރި ދޮރާޓެއްކަމަށްވާ ސުއޭޒް ކެނަލަކީ ކަނޑުމަގުން ދުވާލެއްގެ މައްޗަށް އެތައް ބޯޓެއް ހުރަސްކުރާ މަގެކެވެ. ތައިވާނުގައި މަރުކަޒުވެފައިވާ އެވާގުރީން ގުރޫޕުގެ 1،300 ފޫޓުގެ އާގުބޯޓެއްކަމަށްވާ އެވަރ ގުރީން ސުއޭޒް ކެނަލްގައި ހުރަސްވެ ތާށިވުމުން އެ ބޯޓު ފުންކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެ ބޯޓު ފުންކުރުމަށް ގާތްގަނޑަކަށް 50 ފޫޓުގެ ފުންމިނަށް ބިންގަނޑު ކޮންނަން ޖެހެއެވެ. ކޮންނަބޯޓުތަކާއި ޓަގުބޯޓުތަކާއި ޑެރަޖަރު ބޭނުންކޮށްގެން އެ މަސައްކަތްކުރުމަށް މަދުވެގެން ދެ ހަފުތާ ދުވަސް ހޭދަވާނެކަމަށް ބައެއް މާހިރުން ލަފާކުރެއެވެ.

ސުއޭޒް ކެނަލް ބަންދުވުމުން 300އަށްވުރެ ގިނަ ބޯޓުފަހަރުވަނީ އެ މަގު ހުރަސްނުކުރެވި ދެ ފަރާތުގައި ތާށިވެފައެވެ. ބައިނަލްއަޤްވާމީ ވިޔަފާރިއަށް އޭގެ ސަބަބުން ބުރޫއަރާނެތީ ބޯޓުތައް ދުއްވާ ކުންފުނިތަކުން ދަނީ އެހެން މަގުތައް ބޭނުންކުރުމަށް އަންގަމުންނެވެ. ނަމަވެސް ސުއޭޒް ކެނަލް އަލުން ހުޅުވެންދެން މަޑުނުކޮށް އެހެން މަގެއް ބޭނުންކޮށްފިނަމަ ދަތުރުގެ ޚަރަދު ބޮޑުވެ ރާސްތާވެސް ދިގުވާނެއެވެ.