ޚަބަރު

އައިޖީއެމްއެޗްގައި އެމްއާރުއައިގެ ޚިދުމަތް މިމަހު 11ގައި ފަށަނީ


އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން އެމް.އާރު.އައިގެ ޚިދުމަތް މިނޮވެންބަރު މަހުގެ 11ވަނަ ދުވަހު ފަށަން ތައްޔާރުވަމުންދާކަމަށް އެހޮސްޕިޓަލުން ހާމަކޮށްފިއެވެ.ޕީ.އެސް.އެމްއަށް މައުލޫމާތުދެއްވަމުން އައި.ޖީ.އެމް ހޮސްޕިޓަލުގެ ސީ.އީ.އޯ ފަރުހަތު ޝަހީރު ވިދާޅުވީ، މިހާރު ގެނެސް އެހޮސްޕިޓަލުގައި ބަހައްޓާފައިވާ ޖީ.އީ ހެލްތު ކެއަރގެ އެކެއް ޕޮއިންޓް ފަހެއް ޓެސްލަރގެ އެމް.އާރު.އައި މެޝިނަކީ، މިހާރު ދުނިޔޭގެ އެންމެ މަޝްހޫރު ބާވަތުގެ މެޝިނެއްކަމަށެވެ. ޝަހީރު ވިދާޅުވީ، މިހާރު ކުރިއަށްދަނީ އެމް.އާރު.އައި މެޝިން އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށެވެ. އެމް.އާރު.އައި އަކީ، ރޭޑިއޯ ވޭވްއާއި، މެގްނެޓިކް ފީލްޑް ބޭނުންކޮށްގެން ހަދާ، އިންސާނާގެ ހަށިގަނޑުގެ މަޑު ޓިޝޫއާއި ކަށިގަނޑުގެ ތަފްސީލީ ފޮޓޯއެކެވެ. އެމް.އާރު.އައިގެ މިޚިދުމަތާއެކު އެހޮސްޕިޓަލުން ދެމުންދާ ޚިދުމަތްތަކަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.